މިމަހު 89,505 ޓޫރިސްޓުން، 2.3 ޕަސެންޓް ދަށް

އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި އަހަރުގެ މިހާތަނަށް ޖުމްލަ ތެރޭގައި ހިމެނެނީ 1,51 ޓޫރިސްޓުންނެވެ. މިއަހަރުގެ މިހާތަނަށް ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 5,885 މީހުން ރާއްޖެއަށް ޒިޔާރަތްކުރެއެވެ.

ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ޗައިނާއިން ރާއްޖެއަށް ދަތުރު ކުރި އާއިލާއެއް -- މޯލްޑިވިއަން

މިމަހުގެ މި މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެ އަށް ޖުމްލަ 89,505 ޓޫރިސްޓުން އައިސްފައިވާއިރު، ޓޫރިޒަމް 2.3 ޕަސެންޓް ވެފައިވާ ކަމަށް ދައްކައިފި އެވެ. 

ޓޫރިޒަމް މިނިސްޓްރީން މިއަދު އާއްމުކުރި ހިސާބުތައް ދައްކާ ގޮތުން މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ސެޕްޓެމްބަރު 19 ވަނަ ދުވަހުއެވެ. އެއީ 5,343 ޓޫރިސްޓުންނެވެ. އަދި އެންމެ މަދުން ޓޫރިސްޓުން އައީ ސެޕްޓެމްބަރު 7 ވަނަ ދުވަހުއެވެ، އެއީ 3,947 ޓޫރިސްޓުންނެވެ. 

އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި އަހަރުގެ މިހާތަނަށް ޖުމްލަ ތެރޭގައި ހިމެނެނީ 1,51 ޓޫރިސްޓުންނެވެ. މިއަހަރުގެ މިހާތަނަށް ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 5,885 މީހުން ރާއްޖެއަށް ޒިޔާރަތްކުރެއެވެ.   

އެންމެ ގިނަ ފަތުރުވެރިން އައިސްފައިވާ ގައުމުތައް

  •  ޗައިނާ: 284,555 ފަތުރުވެރިން (18.8%)
  •  ރަޝިޔާ: 222,055 ފަތުރުވެރިން (14.7%)
  •  އިނގިރޭސިވިލާތް: 116,658 ފަތުރުވެރިން (7.3%)
  •  އިޓަލީވިލާތް: 96,010 ފަތުރުވެރިން (6.3%)
  •  ޖަރުމަނުވިލާތް: 94,494 ފަތުރުވެރިން (6.2%)

ފަތުރުވެރިންނަށް ހިދުމަތްދޭ ތަންތަނުގެ ތަފާސްހިސާބު ރާއްޖޭގައި މިވަގުތު ފަތުރުވެރިންނަށް ހިދުމަތްދިނުމަށް ޖުމްލަ 67,828 އެނދު އޮޕަރޭޝަންގައި އެބަހުއްޓެވެ. މީގެ ތެރޭގައި 179 ރިސޯޓެއްގައި 45,141 އެނދު ހުރިއިރު، 910 ގެސްޓްހައުސްގައި 16,552 އެނދު ހިމެނެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.