ބޭރުގެ ގިނަ އަދަދެއްގެ ޓުއާ އޮޕަރޭޓަރުން ރަޖިސްޓްރީކޮށްފި

ސީނިޔަ އޮފިޝަލަކު ވިދާޅުވީ ރާއްޖޭގެ ހިދުމަތްތައް ވިއްކާ ބޭރުގެ ފަރާތްތައް ޖީއެސްޓީ ގާނޫނަށް ގެނައި އިސްލާހާއެކު ރަޖިސްޓްރީ ކުރަން ހުޅުވާލުމާއެކު ގިނަ އަދަދެއްގެ ކުންފުނިތަކުން ރަޖިސްޓްރީ ކުރަން ފަށާފައިވާ ކަމަށެވެ.

މީރާއިން މަޖިލީހުގައި މައުލޫމާތު ދެނީ

ޑެސްޓިނޭޝަން ޕްރިންސިޕަލް އުސޫލުން ބޭރުގައި ވިއްކާ ޓޫރިޒަމް ހިދުމަތްތަކުން ޖީއެސްޓީ ނަގަން ގެނައި އިސްލާހާއެކު ގިނަ އަދަދެއްގެ ކުންފުނިތަކުން މީރާގައި ރަޖިސްޓްރީކޮށްފި އެވެ.

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ސީނިޔަ އޮފިޝަލަކު ވިދާޅުވީ ރާއްޖޭގެ ހިދުމަތްތައް ވިއްކާ ބޭރުގެ ފަރާތްތައް ޖީއެސްޓީ ގާނޫނަށް ގެނައި އިސްލާހާއެކު ރަޖިސްޓްރީ ކުރަން ހުޅުވާލުމާއެކު ގިނަ އަދަދެއްގެ ކުންފުނިތަކުން ރަޖިސްޓްރީ ކުރަން ފަށާފައިވާ ކަމަށެވެ.


"ރެސްޕޯންޑް ރަނގަޅު، ނަމަވެސް އަދި ތަންކޮޅެއް އަވަސް ސީދާ އަދަދެއް ބުނަން. އެހެންވެ މިހާރު ރަޖިސްޓްރީކޮށްފައިވާ އަދަދު ހާމަ ކުރަމުން ގެންދާނަން،" އޮފިޝަލް ވިދާޅުވި އެވެ.

މި އިސްލާހު ސަރުކާރުން ގެނެސްފައިވަނީ މިދިޔަ މަހުގެ 31 ގަ އެވެ. ނަމަވެސް އަމަލު ކުރަން ފަށާނީ އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ. މި އުސޫލު ތައާރަފު ކުރަން ނިންމުމާއެކު ބޭރުގެ ބައެއް ފަރާތްތަކުން ވަނީ މި އިސްލާހު ނުގެންނަން އެދިފަ އެވެ. އަދި މީގެ ސަބަބުން ރާއްޖެ ވިއްކަން ދަތިވާނެ ކަމަށްވެސް ބުނެފައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.