ބޭރުގެ ދަރަނި ދަަށަށް | އެކަމަކު އެތެރޭގެ ދަރަނި 5.5 ޕަސެންޓް އިތުރު

މައުލޫމާތުތަކުން އެނގޭ ގޮތުގައި ބޭރުގެ ދަރަނި 62,7 ބިލިއަން ރުފިޔާއިން 55,4 ބިލިއަން ރުފިޔާ އަށް ދަށްވެފަ އެވެ.

ފިނޭންސް މިނިސްޓަރު ޒަރީރު

މި އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު، ނިމިދިޔަ ދެވަނަ ކުއާޓަރުގައި ދައުލަތުގެ ބޭރުގެ ދަަރަނި ދަށްވިނަމަވެސް އެތެރޭގެ ދަރަނި ގާތްގަނޑަކަށް 5.5 ޕަސެންޓް އިތުރުވެއްޖެ އެވެ.  

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ މައުލޫމާތުތައް ދައްކާ ގޮތުން މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އެތެރޭގެ ދަރަނި ހުރީ 92,2 ބިލިއަން ރުފިޔާގަ އެވެ. ނަމަވެސް ދެވަނަ ކުއާޓަރު ނިމުނުއިރު މި އަދަދު ވަނީ 97,3 ބިލިއަން ރުފިޔާއަށް އުފުލިފައެވެ. މިއީ ގާތްގަނޑަކަށް 5 ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ. ނުވަތަ 5.5 ޕަސެންޓް އިތުރުވުމެކެވެ. 

މި މުއްދަތުގައި އެތެރޭގެ ގެރެންޓީ ދީފައިވާ ދަރަނި ވަނީ 808.8 މިލިއަނުން 579.8 މިލިއަނަށް ވަނީ ދަށްވެފަ އެވެ. މިއީ ޖީޑީޕީގެ ނިސްބަތުން އެތެރޭގެ ގެރެންޓީ ދީފައިވާ ދަރަނި ވަނީ 0.6 ޕަސެންޓުން 0.5 ޕަސެންޓަށް ދަށްވުމެކެވެ. އަދި ބޭރުގެ ގެރެންޓީ ދީފައިވާ ދަރަނިވެސް ވަނީ 19,4 ބިލިއަނުން 18,5 ބިލިއަނަށް ވަނީ ދަށްވެފައެވެ. އަދި ޖީޑީޕީގެ ނިސްބަތުން ބޭރުގެ ގެރެންޓީ ދީފައިވާ ދަރަންޏަށްވެސް 15.5 ޕަސެންޓުން 14.9 ޕަސެންޓްގެ ދަށްވުމެއް އައިސްފަ އެވެ. 

އެމްއެމްއޭގެ މި މައުލޫމާތުތައް ދައްކާ ގޮތުން އެތެރޭގެ ދަރަނި މި މިންވަރަށް އިތުރުވެފައި ވީނަމަވެސް، ހަމަ މި މުއްދަތުގެ ތެރޭގައި ދައުލަތުގެ ޖުމްލަ ދަރަންޏާއި ބޭރުގެ ދަރަނި ވަނީ ދަށްވެފަ އެވެ. އެގޮތުން ބޭރުގެ ދަރަނި 62,7 ބިލިއަން ރުފިޔާއިން 55,4 ބިލިއަން ރުފިޔާ އަށް ދަށްވެފައިވާއިރު، ޖުމްލަ ދަރަނި ވެސް ވަނީ 155 ބިލިއަން ރުފިޔާއިން 152 ބިލިއަން ރުފިޔާއަށް ދަށްވެފަ އެވެ. ބޭރުގެ ދަރަނި ދަށްވެފައިވަނީ ރާއްޖޭން ސްކޫކް ދެއްކުމާއި އެހެނިހެން ގިނަ އަދަދެއްގެ ދަރަނި ދެއްކުމުންނެވެ.  

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.