އިމިގްރޭޝަނުން ބުނި ގޮތުގައި އެ ރަށުން 507 ބިދޭސީއަކު ބަލައި ފާސް ކުރި އެވެ.

އއ. ތޮއްޑޫގައި އޮޕަރޭޝަނެއް ހިންގައި ގަވާއިދާ ހިލާފަށް އުޅުނު 107 ބިދޭސީން މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
އިމިގްރޭޝަނުން ބުނި ގޮތުގައި އެ އޮޕަރޭޝަން ހިންގާީ ތޮއްޑޫގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ބޮޑު ކަމަށް އާންމުންގ ގިނަ ޝަކުވާތަކެއް ލިބޭތީ އެވެ.
އެގޮތުން ތޮއްޑޫ އަށް އަމާޒުކޮށްގެން ޓާސްކްފޯސުން އިއްޔެ ހާއްސަ އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށާއި ހެނދުނު އެ އޮޕަރޭޝަނުގައި ޖުމްލަ 507 ބިދޭސީއަކު ބަލައި ފާސްކޮށް 107 މީހަކު ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
ތޮއްޑޫގައި ގިނަ އަދަދެއްގެ ބިދޭސީން ދިރިއުޅެމުން އަންނަ އިރު އެ ރަށުގެ ގިނަ ދަނޑުބިންތައް ބެލެހެއްޓުމާއި ދަނޑުވެރިކަން ކުރުމުގެ މަސައްކަތް ވެސް ކުރަނީ ބިދޭސީންނެވެ.