ފޯބްސް ޖޯޖިއާ އިން އަދީބުގެ އާޓިކަލް ނަގައިފި

ފޯބްސް އިން ބުނީ އެ އާޓިކަލް ރިމޫވް ކޮށްފައިވަނީ ފޯބްސް ޖޯޖިއާ އިން އެ އާޓިކަލް ޕަބްލިޝްކުރުމާއި މައުލޫމާތު ހޯދާފައިވާ ގޮތުގެ އިތުރުން އަދިވެސް އެ ނޫހުގެ އެޑިޓޯރިއަލް އަދި ކޮމާޝަލް ކޮންޓެންޓްގެ މިންގަނޑުތަކަށް ފެތޭ ތޯ ބެލުމަށެވެ.

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު: އެނބުރި ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ވަނީ ވިދާޅުވެފައި --

ދުނިޔޭގެ އެންމެ މަޝްހޫރު އެއް މަޖައްލާ ކަމަށްވާ ފޯބްސްގެ ޖޯޖިއާ މަޖައްލާގައި ޖެހި ރާއްޖޭގެ ކުރީގެ ނައިބް ރައީސް އަހުމަދު އަދީބުގެ އާޓިކަލް އެ ނޫހުން ނަގައިފި އެވެ. 

ފޯބްސް މަޖައްލާގައި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަދި ރާއްޖޭގެ ތާރީހުގައި ހިންގި އެންމެ ބޮޑު ހިޔާނާތުގެ މައްސަލަ ކަމަށްވާ އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލައިގެ އެއް މޭސިރިއާގެ އާޓިކަލް ޕަބްލިޝް ކުރީ މިމަހުގެ އެއްވަނަ ދުވަހު އެވެ. ނަމަވެސް މިހާރު އެ އާޓިކަލްގެ ލިންކްއަކަށް ނުވެދެވެ އެވެ.

އާޓިކަލް ނެގުމާއެކު ފޯބްސް އިން ބުނެފައިވާ ގޮތުގައި އެ އާޓިކަލް ރިމޫވް ކޮށްފައިވަނީ އާޓިކަލް ޕަބްލިޝްކުރުމާއި މައުލޫމާތު ހޯދާފައިވާ ގޮތުގެ އިތުރުން އަދިވެސް އެ ނޫހުގެ އެޑިޓޯރިއަލް އަދި ކޮމާޝަލް ކޮންޓެންޓްގެ މިންގަނޑުތަކަށް ފެތޭ ތޯ ބެލުމަށްޓަކައި އުފެދިފައިވާ ސުވާލު ތަކެއް ރިވިއުކުރަމުންދާތީ އެވެ.

އަދީބުގެ އާޓިކަލް ފޯބްސް އިން ރިވޫމްކޮށްފައި

ފޯބްސް އަކީ ވިޔަފާރިއާއި އިންވެސްޓްމަންޓާއި ޓެކްނޮލޮޖީ ވިޔަފާރިވެރިކަން އަދި މާލީ ދާއިރާއަށް ޚާއްސަކޮށްގެން އެމެރިކާގައި ނެރޭ ދުނިޔޭގެ އެންމެ މަޝްހޫރު އެއް މަޖައްލާއެވެ. 1917 ވަނަ އަހަރު ބީސީ ފޯބްސް އުފެއްދި މި މަޖައްލާ އެންމެ ބޮޑަށް މަޝްހޫރުވެފައިވަނީ އެމީހުން ނެރޭ ތަފާތު ރޭންކިން ލިސްޓުތަކުގެ ސަބަބުންނެވެ. އޭގެ ތެރޭގައި ދުނިޔޭގެ އެންމެ މުއްސަނދިންގެ ލިސްޓު ދުނިޔޭގެ އެންމެ ނުފޫޒުގަދަ މީހުންގެ ލިސްޓު، އަދި ޒުވާން ކާމިޔާބު ވިޔަފާރިވެރިން ފާހަގަކުރާ "30 އަންޑަ 30" ހިމެނެއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.