ތިން ވަނަ ބެޗުގައި 350 ޒުވާނުން ބައިވެރިވި އިރު ދަސްވެނިވީ 341 ޒުވާނުންނެވެ.

މިދިޔަ ޖޫން 8 ގައި ނޭޝަނަލް ސާވިސްގެ ތިން ވަނަ ބެޗް ފަށާފައި ވަނީ 350 ދަރިވަރުންނާއެކު އެވެ.
އެމްއެންޑީއެފް އިން ބުނީ އެ 350 ދަރިވަރުންގެ ތެރެއިން 341 ދަރިވަރުން އެ ޓްރެއިނިން ފުރިހަމަ ކުރި ކަމަށެވެ. އެއީ ރާއްޖޭގެ 20 އަތޮޅަކުން 115 ރަށަކަށް ނިސްބަތްވާ 62 އަންހެނުންނާއި 279 ފިރިހެނުން ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.
އެ ޓްރެއިނިން ފުރިހަމަ ކުރި ޒުވާނުން ދަސްވެނިވުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ ޅ. މާފިލާފުށީގައި ހުންނަ އެމްއެންޑީއެފް ކޮމްޕޮސިޓް ޓްރޭނިން ސެންޓަރުގަ އެވެ.
ގާތްގަނޑަކަށް ހަތަރު މަހުގެ މުއްދަތަކަށް ކުރިޔަށް ގެންދާ މި ޓްރެއިނިންގެ ދަށުން މިހާތަނަށް ވަނީ 1،028 ޒުވާނަކު ތަމްރީނުކޮށްފަ އެވެ.