ރާއްޖޭން ވަގަށް ބޭރުކުރަން އުޅުނު 3.8 މިލިއަން ރުފިޔާގެ ބޭރު ފައިސާ އަތުލައިގެންފި

އެ މީހުންގެ އަތުން 18 ގައުމެއްގެ ފައިސާ ފެނިފައިވާއިރު، އޭގެ ތެރޭގައި، 174,161 ޔޫއެސް ޑޮލަރު، 56,760 ޔޫރޯ އަދި 1,815 ސްޓާލިން ޕައުންޑް ހިމެނެ އެވެ.

ރާއްޖެއިން ބޭރަށް ފުރަން ގޮސް ތިބި ހަ ބިދޭސީންގެ އަތުން އަތުލައިގަތް ބޭރު ފައިސާތައް. --ފޮޓޯ: ފުލުހުން


ރާއްޖެއިން ބޭރަށް ފުރަން ގޮސް ތިބި ހަ ބިދޭސީންގެ އަތުން ގާތްގަނޑަކަށް 3.8 މިލިއަން ދިވެހި ރުފިޔާއަށް އަރާ ގިނަ އަދަދެއްގެ ބޭރު ފައިސާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

ފުލުހުން ބުނީ، މި އޮޕަރޭޝަނަކީ ގަވާއިދާ ހިލާފަށް ބޭރު ފައިސާ ގަނެވިއްކުމުގެ މުއާމަލާތްތައް ހުއްޓުވުމަށް އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން އިއްޔެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހިންގި އޮޕަރޭޝަނެއް ކަމަށެވެ.

މިއޮޕަރޭޝަނުގައި ހިފެހެއްޓި ހަ މީހުންނަކީވެސް ބަންގްލަދޭޝްއަށް ނިސްބަތްވާ މީހުންނެވެ.

އެ މީހުންގެ އަތުން 18 ގައުމެއްގެ ފައިސާ ފެނިފައިވާއިރު، އޭގެ ތެރޭގައި، 174,161 ޔޫއެސް ޑޮލަރު، 56,760 ޔޫރޯ އަދި 1,815 ސްޓާލިން ޕައުންޑް ހިމެނެ އެވެ.

ފުލުހުން އާންމުކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި، މިއިން ގިނަ އަދަދެއްގެ ފައިސާ ފޮރުވާފައި ހުރީ ސީރިއަލް ޕެކެޓުތަކުގެ ތެރޭގަ އެވެ. 

މައްސަލައާ ގުޅިގެން އެ މީހުން މިހާރު ތިބީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށާއި، އިތުރަށް ތަހުގީގު ކުރިއަށްދާ ކަމަށް ފުލުހުން ބުންޏެވެ.

ޑޮލަރުގެ ކަޅުބާޒާރު ހުއްޓުވުމަށް ސަރުކާރުން ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅަން ފަށައިފަ އެވެ. އެގޮތުން ބޭރު ފައިސާއާ ބެހޭ ގާނޫނަށް ގެނެވުނު އިސްލާހުގެ ދަށުން، ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ ރާއްޖޭގެ ބޭންކުތަކަށް ކޮންމެ މަހަކު މާރުކުރަން ވަނީ މަޖުބޫރުކޮށްފަ އެވެ. 

އޭގެ އިތުރުން ހުއްދައެއް ނެތި ޑޮލަރުގެ ވިޔަފާރިކުރާ ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފައިވާއިރު، މި ފަހުންވެސް އެފަދަ ވިޔަފާރިތަކުގައި އުޅުނު ގިނަ އަދަދެއްގެ ބިދޭސީން ވަނީ ހައްޔަރުކޮށްފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.