2028ގެ ރިޔާސީ އިންތިހާބުގެ ކެމްޕޭން ރަސްމީކޮށް އިއުލާނުކޮށް، ޕީއެންސީގެ ކޮންގްރެސް ނިންމާލައިފި

އަބްދުއްރަހީމް ވިދާޅުވީ، މި ކޮންގްރެސް ނިމިގެން މިދަނީ އާ އަޒުމަކާއި އައު ފެށުމަކާއެކު ކަމަށާއި، މި ފެށުމަކީ 2028 ގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމުގެ ބިންގާ ކަމަށެވެ.

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކޮންގްރެސް ނިންމުމަށް ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕޭން ރަސްމީކޮށް ފެށިފައިވާކަން އެ ޕާޓީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އިއުލާނު ކުރައްވައިފި އެވެ.

 އަދި ކުރިއަށް އޮތް އިންތިހާބު ކާމިޔާބު ކުރުމަށްޓަކައި ޕާޓީގެ އެތެރޭގެ ސަފުތައް އިތުރަށް ބަދަހިކޮށް، ރުކުރުވާލައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ، މި ކޮންގްރެސް ނިމިގެން މިދަނީ އާ އަޒުމަކާއި އައު ފެށުމަކާއެކު ކަމަށާއި، މި ފެށުމަކީ 2028 ގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމުގެ ބިންގާ ކަމަށެވެ. 

އަދި ޕީއެންސީގެ ސާބިތުކަމަށް އެއްވެސް ލޮޅުމެއް ނާންނާނެ ކަމުގެ ޔަގީންކަން ދެއްވަމުން، އިހްލާސްތެރިކަމާއެކު ގައުމަށް ހިދުމަތް ކުރުމުގައި ޕާޓީ ދެމިއޮންނާނެ ކަމަށް ވިދާޅުވި އެވެ.

ޕީއެންސީއަކީ ޤައުމީ ފިކުރުގެ މައި ތަނބުކަން ފާހަގަކުރައްވަމުން، ރައީސް ޑރ. މުހައްމަދު މުއިއްޒު ދައްކަވަމުން ގެންދަވާ ފުރިހަމަ ނަމޫނާއާ އެއްގޮތަށް، ޕާޓީގެ ލީޑަޝިޕްގެ ހުރިހާ ބޭފުޅުންވެސް ރައްޔިތުންނާ ގާތަށް ވަޑައިގަތުމަށް އެ މަނިކުފާނު އިލްތިމާސް ކުރެއްވި އެވެ. 

އަދި ކިބުރުވެރިކަމާއި ބޮޑާކަމާއެކު ރައްޔިތުންނަށް ހިދުމަތެއް ނުކުރެވޭނެ ކަމަށާއި، ހަގީގީ ރައްޔިތުންގެ ވެރިކަމެއް ކަށަވަރު ކުރެވޭނީ ރައްޔިތުންގެ އިހްސާސްތައް ދަނެގެން، އެމީހުންނާ ގާތުން މަސައްކަތް ކޮށްގެން ކަމުގައި ވިދާޅުވި އެވެ.

މީގެއިތުރުން، ކޮންގްރެސް ނިންމުމަށްފަހު އެނބުރި ރަށްރަށަށް ގޮސް، ރައީސް މުއިއްޒަށް 2028 ގެ ރިޔާސީ އިންތިހާބު ކާމިޔާބު ކޮށްދިނުމުގެ މަސައްކަތް ވަގުތުން ފެށުމަށް ހުރިހާ މެންބަރުންނަށް ގޮވާލެއްވި އެވެ. އަދި އެއްވެސް މެންބަރަކު އެ މީހެއްގެ ޒިންމާއާއި މަސްއޫލިއްޔަތަށް ފަރުވާކުޑަ ނުކުރުމަށް އެދިވަޑައިގެންނެވި އެވެ.

ރޭގެ ރަސްމިއްޔާތުގައި ރައީސް މުއިއްޒަށް ވަނީ ، 2028 ވަނަ އަހަރުގެ ޕީއެންސީގެ ރިޔާސީ ޓިކެޓު އަރުވައިފި އެވެ.

ޕްރައިމަރީއަކާ ނުލައި 2028 ވަނަ އަހަރުގެ ރިޔާސީ ޓިކެޓު ރައީސްއަށް ދިނުމަށް އެޕާޓީގެ ކޮންގްރެސްގައި އިއްޔެ ވަނީ ގަރާރެއް ފާސްކޮށްފަ އެވެ. ފުވައްމުލަކު ދެކުނު ދާއިރާގެ ހާއްސަ މަންދޫބު އަބްދުﷲ އިބްރާހީމް ހުށަހެޅި އެ ގަރާރު ފާސްކޮށްފައި ވަނީ އެ ދަންފަޅީގައި ބައިވެރިވި 1،119 މެންބަރުންގެ އިއްތިފާގުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.