ޑެސްޓިނޭޝަން ޕްރިންސިޕަލްއަށް އަމަލު ކުރުން ފަސްކުރަން ޑެސްޓިނޭޝަން ފިއުޗާ އިން ގޮވާލައިފި

ޑެސްޓިނޭޝަން ފިއުޗާ އިން ބުނާ ގޮތުގައި މިކަމުގެ ސަބަބުން ބައިނަލްއަގުވާމީ ޕާޓްނަރުން ރާއްޖެއަށް ކުރާ އިތުބާރު ކުޑަވެ، ވާދަވެރި އެހެން ގައުމުތަކަށް ފަތުރުވެރިން ފޮނުވުމަށް އިސްކަންދިނުމަކީ އެކަށީގެންވާ ކަމެކެވެ.

ރާއްޖެއަށް ޒިޔާރަތް ކުރި ޓޫރިސްޓަކަށް މަރުހަބާ ކިޔަނީ -- ޓޫރިޒަމް

ޑެސްޓިނޭޝަން ޕްރިންސިޕަލް އުސޫލުން ޓެކްސް ނަގަން ނިންމައި ޓޫރިޒަމް ޖީއެސްޓީއަށް ސަރުކާރުން ޓީޖީއެސްޓީ ގާނޫނަށް އިސްލާހަށް އަމަލުކުރުން ފަސް ކުރަން ޑެސްޓިނޭޝަން ފިއުޗާ އިން ގޮވާލައިފި އެވެ.

އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ޑެސްޓިނޭޝަން ފިއުޗާ އިން ބުނެފައިވާ ގޮތުގައި މި އިސްލާހުގެ ދަށުން ބޭރުގެ ޓުއާ އޮޕަރޭޓަރުންނާއި ޓްރެވަލް އޭޖެންޓުންގެ އަތުން ޓެކްސް ނެގުމަށް ހަމަޖެހިފައިވުމުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ބޮޑެތި ގެއްލުންތަކެއް ލިބުމުގެ ބިރު އެބައޮތެވެ.

އެ ޖަމިއްޔާ އިން ތައްޔާރު ކުރި ރިޕޯޓުގައިވާ ގޮތުން މި އަހަރުގެ ޖެނުއަރީ އިން ޖުލައި މަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 5.2 އިންސައްތަ ދަށަށް ގޮސްފައެވެ. އަދި ރިސޯޓުތަކުގެ އޮކިއުޕެންސީ 69.1 އިންސައްތައިން 64.9 އިންސައްތައަށް ދަށަށް ގޮސްފައިވާއިރު، ރިސޯޓުތަކުގެ އެނދުތަކުގެ އަދަދު ވަނީ 2.4 އިންސައްތަ އިތުރުވެފަ އެވެ. މީގެ އިތުރުން 165 އައު ޕްރޮޖެކްޓަކާއެކު ރާއްޖޭގެ ޓޫރިޒަމް މާކެޓަށް އިތުރު އެނދުތައް ނެރެމުންދާކަން ވެސް ޑެސްޓިނޭޝަން ފިއުޗާ އިން ވަނީ ފާހަގަކޮށްފައެވެ.

މި އިސްލާހުގެ ދަށުން ބޭރުގެ ޓުއަރ އޮޕަރޭޓަރުންނާއި ޓްރެވަލް އޭޖެންޓުންގެ އަތުން 17 އިންސައްތަ ޓީޖީއެސްޓީ ނެގުމަށް ވަނީ ހަމަޖެހިފަ އެވެ.

ޑެސްޓިނޭޝަން ފިއުޗާ އިން ބުނާ ގޮތުގައި މިކަމުގެ ސަބަބުން ބައިނަލްއަގުވާމީ ޕާޓްނަރުން ރާއްޖެއަށް ކުރާ އިތުބާރު ކުޑަވެ، ވާދަވެރި އެހެން ގައުމުތަކަށް ފަތުރުވެރިން ފޮނުވުމަށް އިސްކަންދިނުމަކީ އެކަށީގެންވާ ކަމެކެވެ. އިނގިރޭސިވިލާތާއި ޖަރުމަނުވިލާތުގެ ބޮޑެތި ޓްރެވަލް ޖަމިއްޔާތައް ކަމަށްވާ ޑީއާރުވީ އާއި އޭބީޓީއޭ އަދި އީސީޓީއޭއޭ އިން ވެސް ވަނީ މިކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ. 

އަދި މި އަހަރުގެ ފުރަތަމަ 7 މަސްދުވަހުގެ ތެރޭގައި އިނގިރޭސިވިލާތުން އައި ފަތުރުވެރިން 19.5 އިންސައްތަ އަދި ޖަރުމަނުވިލާތުން އައި ފަތުރުވެރިން 16.1 އިންސައްތަ ދަށަށް ގޮސްފައިވާކަން އެ ޖަމިއްޔާއިން ފާހަގަކުރެ އެވެ.

އެ ޖަމިއްޔާއިން ބުނެފައިވާ ގޮތުގައި މި އިސްލާހަށް އަމަލުކުރުން ވަގުތުން ހުއްޓާލުމަށާއި، މިކަމާ ގުޅޭގޮތުން މަޝްވަރާކުރުމަށް މިމަހުގެ 28 ވަނަ ދުވަހުގެ ކުރިން ސަރުކާރާއެކު ބައްދަލުވުމެއް ބޭއްވުމަށް އެ ޖަމިއްޔާއިން ވަނީ އެދިފަ އެވެ. 

މީގެ އިތުރުން އަންނަ އަހަރަކީ ފަތުރުވެރިކަން ކުރިއެރުވުމުގެ ޚާއްސަ އަހަރެއްގެ ގޮތުގައި ރާއްޖެއަށް ޒިޔާރަތް ކުރާ ދުވަސް ފާހަގަކޮށް، ޓެކްސް ނެގުމުގެ ބަދަލުގައި ފަތުރުވެރިން އަންނަ މިންވަރު އިތުރުކުރުމަށް ގައުމީ ފެންވަރުގެ މަސައްކަތްތަކެއް ކުރުމަށް ޑެސްޓިނޭޝަން ފިއުޗާ އިން ވަނީ ސަރުކާރަށް ލަފާދީފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.