ރައީސްއަށް ރިޔާސީ ޓިކެޓު އަރުވާފައި ވަނީ ކޮންގްރެސް ނިންމުމަށް މިރޭ ބޭއްވި ހާއްސަ ޖަލްސާގައި، އެޕާޓީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.

ޕްރައިމަރީއަކާ ނުލައި 2028 ވަނަ އަހަރުގެ ރިޔާސީ ޓިކެޓު ރައީސްއަށް ދިނުމަށް އެޕާޓީގެ ކޮންގްރެސްގައި އިއްޔެ ވަނީ ގަރާރެއް ފާސްކޮށްފަ އެވެ. ފުވައްމުލަކު ދެކުނު ދާއިރާގެ ހާއްސަ މަންދޫބު އަބްދުﷲ އިބްރާހީމް ހުށަހެޅި އެ ގަރާރު ފާސްކޮށްފައި ވަނީ އެ ދަންފަޅީގައި ބައިވެރިވި 1،119 މެންބަރުންގެ އިއްތިފާގުންނެވެ.
ރައީސްއަށް ރިޔާސީ ޓިކެޓު އަރުވާފައި ވަނީ ކޮންގްރެސް ނިންމުމަށް މިރޭ ބޭއްވި ހާއްސަ ޖަލްސާގައި، އެޕާޓީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.
ޕީއެންސީގެ އަސާސީ ގަވާއިދު ބުނާ ގޮތުގައި، ރައިސްގެ މަގާމުގައި ހުރި އެ ޕާޓީގެ މެންބަރަކު ވެރިކަމުގެ ދެވަނަ ދައުރަކަށް ކުރިމަތިލުމަށް ޕާޓީގެ މެންބަރުންގެ މަޖިލީހަށް ނުވަތަ ކޮންގްރެސްއަށް ހުށަހަޅައިފި ނަމަ، އެ މެންބަރަކަށް ރިޔާސީ ޕްރައިމަރީއަކާ ނުލައި ޕާޓީގެ ރިޔާސީ ޓިކެޓް ލިބޭނެ އެވެ. އެ ގަރާރު ހުށަހަޅާފައި ވަނީ އެ މާއްދާއާ ހަވާލާދީ އެވެ.
ކޮންގްރެސްގައި މިއަދު ވަނީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އިންތިހާބު ކާމިޔާބުކުރުމަށް އަމިއްލަ އެދުމެއްނެތި އިހްލާސްތެރިކަމާ އެކު މަސައްކަތް ކުރުމަށް އެޕާޓީގެ މަގާމުތަކުގެ ބޭފުޅުން އިގުރާރުވެފަ އެވެ.