ފުލުހުން މިރޭ ބުނީ، ބެލްކަނީގައި ބަދުއަހުލާގީ އަމަލު ހިންގި ކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން މިއަދު 36 އަހަރުގެ ފިރިހެނަކާއި 25 އަހަރުގެ އަންހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ފްލެޓެއްގެ ބެލްކަނީގައި، އާންމުންނަށް ފެންނަ ގޮތަށް ޖިންސީ ގުޅުން ހިންގި ދެ މީހުން ފުލުހުން މިއަދު ހައްޔަރު ކޮށްފި އެވެ.
ހިޔާގެ 12 ވަނަ ޓަވަރުގެ ފްލެޓެއްގެ ބެލްކަނީގައި އަންހެނަކާއި ފިރިހެނަކު ފާޅުގައި ޖިންސީ ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް މިދިޔަ މަހު ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ. އެކަން ސަމާލުކަމަށް އައުމުން ފުލުހުން ވަނީ އެމައްސަލަ ބަލަން ފަށައިފަ އެވެ.
ފުލުހުން މިރޭ ބުނީ، ބެލްކަނީގައި ބަދުއަހުލާގީ އަމަލު ހިންގި ކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން މިއަދު 36 އަހަރުގެ ފިރިހެނަކާއި 25 އަހަރުގެ އަންހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން، ފަސް ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފަ އެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.