ހިލަތަކު ތެރޭގައި ތާށިވި އެމީހާ ސަލާމަތް ކޮށްފައި ވަނީ ސިފައިންނާއި ފުލުހުން ގުޅިގެންނެވެ. އެމީހާ ސަލާމަތް ކުރުމަށްފަހު މިހާރު އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން މިއަދު ބުނީ މާލެ ސްކޭޓް ޕާކާ ދިމާ ތޮށިގަނޑުގެ ހިލަގާތަކު ތެރޭގައި މީހަކު ތާށިވެފަައި އޮތްކަމުގެ މައުލޫމާތު ލިބުނީ މިއަދު ހަވީރު 17:16 އެހާކަންހާއިރު ކަމަށެވެ.
ހިލަތަކު ތެރޭގައި ތާށިވި އެމީހާ ސަލާމަތް ކޮށްފައި ވަނީ ސިފައިންނާއި ފުލުހުން ގުޅިގެންނެވެ. އެމީހާ ސަލާމަތް ކުރުމަށްފަހު މިހާރު އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެއީ ދިވެއްސެއް ކަމެއް ނުވަތަ ބިދޭސީއެއް ކަމެއް ސާފެއް ނުވެ އެވެ. ނަމަވެސް އެއީ އެތަނަށް މަސް ބާނަން ގޮސް އުޅުނު މީހެއް ކަމަށާއި، މީހުން އެއްވީ އެމީހާ ހަޅޭއްލަވާ އަޑަށް ކަމަށް މައުލޫމާތު ލިބެ އެވެ.