އެ 10 މެންބަރުންގެ ތެރޭގައި ހިމެނެނީ ސަރުކާރުގައި ތިއްބެވި މިނިސްޓަރު ފެންވަރުގެ ހަތް ބޭފުޅުންނާއި ތިން ކުންފުންޏެއްގެ ވެރިންގެ ގޮތުގައި ތިއްބެވި ތިން ބޭފުޅުންނެވެ.

މަގާމުތަކަށް ހޮވުނު ބޭފުޅުން ހުވާ ކޮށްފައި ވަނީ ޕީއެންސީގެ މަތީ މަޖިލީހުގެ މިއަދުގެ ޖަލްސާގަ އެވެ.
ރައީސް ޑރ. މުޙައްމަދު މުއިއްޒު ޝަރަފުވެރި ކޮށްދެއްވި ކޮންގްރެސްގެ އެ ޖަލްސާގައި ހުވާކުރެއްވި ބޭފުޅުންގެ ތެރޭގައި، ޕާޓީގެ ޗެއާޕާސަން އަދި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ، ޕީޖީ ލީޑަރު އިބްރާހީމް ފަލާހާއި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ހިމެނިވަޑައިގަންނަވަ އެވެ.
އޭގެ އިތުރުން ޕީއެންސީގެ ނައިބު ރައީސުންނާއި މަތީ މަޖިލީހަށް އިންތިހާބުވި އަންހެން އަދި ޒުވާނުންގެ ކޮމެޓީގެ މެންބަރުން ވަނީ ހުވާ ކުރައްވާފަ އެވެ. އަދި ރައީސް މުއިއްޒަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން މި ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި 10 ބޭފުޅަކު ޕާޓީގެ ލީޑަޝިޕަށް ވަނީ އައްޔަނު ކޮށްފަ އެވެ.
އެ 10 މެންބަރުންގެ ތެރޭގައި ހިމެނެނީ ސަރުކާރުގައި ތިއްބެވި މިނިސްޓަރު ފެންވަރުގެ ހަތް ބޭފުޅުންނާއި ތިން ކުންފުންޏެއްގެ ވެރިންގެ ގޮތުގައި ތިއްބެވި ތިން ބޭފުޅުންނެވެ.