ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށްވެސް ކުއްލި ހާލަތް އެނގޭނެ ވަސީލަތްތައް ފްލެޓްތަކުގައި ހަރުކުރަނީ

ދެމަފިރިންގެ ވާހަކަ އެއްސެވުމަށްފަހު ރައީސް ވިދާޅުވީ މި ސަރުކާރުން ގާއިމްކުރާ ފްލެޓްތަކުގައި އެމަޖެންސީ ހާލަަތްތަކުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަތަކަށް އެނގޭނެ ނިޒާމެއް ގާއިމްކޮށްދެއްވާނެ ކަމަށެވެ.

ރައްޔިތުންގެ އަޑު ޕްރޮގްރާމްގައި އަޑުއެހުން މަހުރޫމްވެފައިވާ ދެމަފިރިން ރައީސް ޑރ. މުހައްމަދު މުއިއްޒާ ބައްދަލުކުރައްވަނީ --

ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށްވެސް ކުއްލި ހާލަތް އެނގޭނެ ވަސީލަތްތައް މިހާރު މީހުން ދިރިއުޅެމުންދާ އަދި އަޅަމުންދާ ފްލެޓްތަކުގައި ވެސް ހަރުކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިފަދައިން ވިދާޅުވީ ރައްޔިތުންގެ ޝަކުވާތައް ސީދާ ރައީސްއާ ހިއްސާ ކުރުމަށް ކުރިއަށް ގެންދާ ރައްޔިތުންގެ އަޑު ޕްރޮގްރާމްގައި ނުކުޅެދުންތެރިކަން ހުންނަ ދެމަފިިރިއަކު ހިއްސާކުރި ޝަކުވާތައް އެއްސެވުމަށްފަހު އެވެ.

އަޑުއިވުމުން މަހުރޫމްވެފައިވާ އެ ދެމަފިރިން ބުނި ގޮތުގައި، އެމީހުން ދިރިއުޅޭ އިމާރާތުގައި ނުރައްކާތެރި ހާދިސާއެއް ހިނގި ނަމަވެސް އެކަން އެނގޭ ގޮތެއް ނެތް ކަމަށެވެ. އެހެންކަމުން އެދެމަފިރިން ފަދަ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެފަދަ ހާދިސާއެއް ހިނގައިފިނަމަ އެކަން އެނގޭނެ ނިޒާމެއް ގާއިމްވެފައި ހުރުމަކީ މުހިންމު ކަމެއްކަން ފާހަގަކޮށްފައިވެ އެވެ. 

ދެމަފިރިންގެ ވާހަކަ އެއްސެވުމަށްފަހު ރައީސް ވިދާޅުވީ މި ސަރުކާރުން ގާއިމްކުރާ ފްލެޓްތަކުގައި އެމަޖެންސީ ހާލަަތްތަކުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަތަކަށް އެނގޭނެ ނިޒާމެއް ގާއިމްކޮށްދެއްވާނެ ކަމަށެވެ.

އަދި މިހާރު ހުރި އިމާރާތްތަކުގައި ވެސް އެފަދަ މީހުންނަށް ފަސޭހަ ނިޒާމެއް ހަމަޖައްސައިދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ. 

އެދެމަފިރިން ވަނީ އެމީހުންގެ ކުދިންގެ ސްކޫލު މުދައްރިސުންނާ ވެސް މުއާމަލާތް ކުރުމަށް ހުރި ދަތިތައް ހިއްސާކޮށްފަ އެވެ. އެކަމަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވެފައި ވަނީ ސްކޫލް މާހައުލުން ދިމާވާ ދަތިތައް ހައްލުކޮށްދިނުމުގެ ގޮތުން، ސްކޫލުތަކުގައި ވެސް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އަދި ދަރިވަރުންނަށް ވެސް އެކްސެސްބިލިޓީ ރަނގަޅުކުރުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.