ބޮޑު ދަރަންޏެއް ހަލާސް ކުރުމަށްފަހު، ތަރުޖަމާނުގެ ރައްދެއް ރައީސް ނަޝީދުއަށް

މުންދު ވިދާޅުވީ ތިޔަ ބޭފުޅުން [އެމްޑޕީ] އިން ރައްޔިތުންގެ ބޮލުގައި އެޅުވި މި ދަރަނި ވެސް ދައްކާފައިވާ ކަމަށެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މުންދު ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ ވާހަކަދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް

އިންޑިއިން އެމްޑީޕީ ސަރުކާރުން ނެގި 150 މިލިއަން ޑޮލަރުގެ ދަރަނި ދެއްކުމަށްފަހު، ތަރުޖަމާ މުހައްމަދު ހުސެއިން ޝަރީފު (މުންދު) ރައީސް މުހައްމަދު ނަޝީދުއަށް ހޫނު ރައްދެއް ދެއްވައިފި އެވެ.

އިންޑިއާގެ ޓީ-ބިލް ފެސިލިޓީގެ އެންމެ ފަހު ބައި ހަލާސް ކުރުމަށްފަހު ނޫހެއްގައި އޮތް ހަބަރެއް ހިއްސާ ކުރައްވައި މުންދު ވިދާޅުވީ ރައީސް ނަޝީދަށާއި ޑީފޯލްޓް ވޭތޯ ދުޢާކުރަމުންދިޔަ އެންމެނަށް ކުޑަ މެސެޖެއް އެބައޮތް ކަމަށެވެ.

އޭގެފަހުން މުންދު ވިދާޅުވީ [އެމްޑޕީ] އިން ތިޔަ ބޭފުޅުން ރައްޔިތުންގެ ބޮލުގައި އެޅުވި މި ދަރަނި ވެސް ދައްކާފައިވާ ކަމަށެވެ.

"އިތުރު ދަރަންޏެއް ނުނަގާ ދައްކައިފިން. ތެޔޮ ގަންނަން ފައިސާ އެބަހުރި. އަސާސީ ކާބޯތަކެތި ވެސް ގެނެވޭނެ. އެހެން ނޫނަސް، ވެރިކަމުން ފޭބިއިރު ބާކީ އެންމެ 2 މިލިއަން ބެހެއްޓި ބަޔަކު ޔޫޒަބަލް ރިޒާވްގެ ވާހަކަ ދެއްކުން މުނާސަބެއް ނޫން،" މުންދު ވިދާޅުވި އެވެ

އޭގެފަހުން މުންދު ވިދާޅުވެފައިވާ ގޮތުގައި ރައްޔިތުންނަށް ބިރުދައްކަން އާ މައުޟޫއުއެއް ހޯއްދެވުން ދެން ބުއްދިވެރިވާނެ ކަމަށެވެ. 

މި ދަރަންޏަކީ ސްޓޭޓް ބޭންކް އޮފް އިންޑިއާ މެދުވެރިކޮށް ކުރީގެ ސަރުކާރުން ނަގާފައިވާ 150 މިލިއަން ޑޮލަރުގެ ޓީ-ބިލް ފެސިލިޓީއެއްގެ އެންމެ ފަހު އިންސްޓޯލްމަންޓް ކަމަށްވާ 50 މިލިއަން ޑޮލަރެވެ. ފިނޭންސް މިނިސްޓްރީން މިއަދު ބުނީ، ބަޖެޓަށް ބޭނުންވާ ފައިސާ ހޯދުމަށް ކުރީގެ ސަރުކާރުން ނެގި މި ފެސިލިޓީ ދައްކާފައިވަނީ އެކި މަރުހަލާތަކަކަށް ބަހާލައިގެން ކަމަށެވެ.
އެގޮތުން މި ސަރުކާރުން، 2024 ވަނަ އަހަރުގެ ޖެނުއަރީ މަހު 50 މިލިއަން ޑޮލަރު، އަދި މެއި މަހުގެ 11 ވަނަ ދުވަހު އިތުރު 50 މިލިއަން ޑޮލަރު ދައްކާފައިވާ ކަމަށް އެ ވުޒާރާއިން ބުންޏެވެ.

ބާކީ އޮތް 50 މިލިއަން ޑޮލަރު ދައްކަންޖެހޭ މުއްދަތަށް މިއަދު ދެއްކުމާއެކު، މި ފެސިލިޓީގެ ދަށުން ނެގި މުޅި ދަރަނި މިހާރު ވަނީ އެއްކޮށް ދައްކާ ނިމިފަ އެވެ.

ދަރަނީގެ ބޮޑު އަދަދެއް ދެއްކި ނަމަވެސް، ރާއްޖެއަށް ބޭނުންވާ ކާބޯތަކެއްޗާއި، ތެލާއި، ބޭސްފަރުވާގެ ސާމާނު ފަދަ ޒަރޫރީ ތަކެތި މެދުނުކެނޑި އެތެރެކުރުމަށް ބޭނުންވާ ބޭރު ފައިސާގެ އިންތިޒާމުތައް ހަމަޖެހިފައިވާ ކަމުގެ ޔަގީންކަން އެ މިނިސްޓްރީން ވަނީ ދީފަ އެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، އޮގަސްޓު 2024 ގެ ނިޔަލަށް ރާއްޖޭގެ ރަސްމީ ރިޒާވް ހުރީ ގާތްގަނޑަކަށް 644 މިލިއަން ޑޮލަރުގަ އެވެ.

"އެހެންކަމުން، ދަރަނި ދެއްކުމުގެ ސަބަބުން ޒަރޫރީ މުދާ އެތެރެކުރުމަށް ހުރަސްއެޅިދާނެ ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް،" އެ ބަޔާނުގައި ބުންޏެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.