މަންޓާރޭ އިން ޖީޑީޕީއަށް %2.6ގެ ހިއްސާ | 227 މިލިއަން ޑޮލަރުގެ އާމްދަނީ

ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުން، އެންމަޑި ބެލުމަށް ފަތުރުވެރިން އެންމެ ގިނައިން ޒިޔާރަތްކުރާ ސަރަޙައްދަކީ ބ. އަތޮޅު ހަނިފަރު ސަރަހައްދެވެ.

ހަނިފަރު ސަރަހައްދަށް އެންމަޑި ތިލަވެފަ -- ހަނިފަރުބޭ

ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ މެދުގައި އެންމެ މަގުބޫލު އެއް ހަރަކާތް ކަމަށްވާ 'މަންޓާ ޓޫރިޒަމް' އަކީ ރާއްޖޭގެ މުޅި އުފެއްދުންތެރިކަމުގެ ނިސްބަތް (ޖީޑީޕީ)  %2.6ގެ ހިއްސާކުރާ ބިޔަ ސިނާއަތެއްކަން، ޕްލޯސް ވަން ޖާނަލްގައި ދާދިފަހުން އާންމުކުރި ދިރާސާއަކުން ހާމަވެއްޖެއެވެ.

މި ދިރާސާއިން ދައްކާގޮތުގައި 2021 ވަނަ އަހަރު އެކަނިވެސް އެންމަޑި (މަންޓާ ރޭ) ބެލުމުގެ ޓޫރިޒަމުން 227.3 މިލިއަން އެމެރިކާ ޑޮލަރުގެ އާމްދަނީއެއް ރާއްޖެއަށް ވަނީ ލިބިފަ އެވެ.

މުހިންމު ހޯދުންތައް

ފަތުރުވެރިންގެ ޒިޔާރަތް - 2021 ވަނަ އަހަރު 475,000 އަށްވުރެ ގިނަ ފަތުރުވެރިން ވަނީ އެންމަޑި ބެލުމަށް ޑައިވް އަދި ސްނޯކެލް ކޮށްފައެވެ.

ވަޒީފާގެ ފުރުސަތު - މި ސިނާއަތުގައި ސީދާގޮތުން 4,000 އެއްހާ މީހުން ވަޒީފާ އަދާކުރާއިރު، މީގެ ތެރެއިން 2,600 އަށްވުރެ ގިނަ މީހުންނަކީ ދިވެހިންނެވެ. މުވައްޒަފުންގެ މުސާރައިގެ ގޮތުގައި އަހަރަކު 27 މިލިއަން ޑޮލަރު މި ދާއިރާއިން ދައުރުވެއެވެ.

އެންމަޑިއެއްގެ އަގު -
ރާއްޖޭގެ ފަރުތަކުގައި އުޅޭ އެންމަޑިއެއް (ރީފް މަންޓާ) އޭގެ ޙަޔާތުގައި (ގާތްގަނޑަކަށް 40 އަހަރުގެ ތެރޭގައި) ޓޫރިޒަމްގެ ތެރެއިން 2.57 މިލިއަން ޑޮލަރުގެ ފައިދާއެއް އިގްތިސާދަށް ހޯދައިދޭކަމަށް ވަނީ އަންދާޒާކޮށްފައެވެ.

އެންމެ ގިނައިން މަޑިތިލަވަނީ ހަނިފަރަށް

ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުން، އެންމަޑި ބެލުމަށް ފަތުރުވެރިން އެންމެ ގިނައިން ޒިޔާރަތްކުރާ ސަރަޙައްދަކީ ބ. އަތޮޅު ހަނިފަރު ސަރަހައްދެވެ. ހަމައެކަނި އެ ސަރަޙައްދަށް ޒިޔާރަތްކުރި 11،000 އަށްވުރެ ގިނަ ފަތުރުވެރިންގެ ފަރާތުން މެނޭޖްމަންޓަށާއި ޓުއަރ އޮޕަރޭޓަރުންނަށް 1.3 މިލިއަން ޑޮލަރުގެ އާމްދަނީއެއް ވަނީ ލިބިފައެވެ.

ދިރާސާކުރި ފަރާތްތަކުން ބަޔާންކުރާ ގޮތުގައި، މި ހޯދުންތަކުން ދައްކައިދެނީ ރާއްޖޭގެ ކަނޑުގެ ދިރުންތައް ހާއްސަކޮށް މަންޓާ، ފަޅުތަކުގައި ދިރިހުރެގެން ގައުމުގެ އިގްތިސާދަށް ކުރާ ފައިދާގެ ބޮޑުކަމެވެ. އެހެންކަމުން، މިއީ ތިމާވެށި ހިމާޔަތްކުރުމަށާއި، ކަނޑުގެ ރައްކާތެރި ސަރަޙައްދުތައް (އެމްޕީއޭ) އިތުރުކޮށް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމުގެ މުހިންމުކަން ސާބިތުކޮށްދޭ ކަމެކެވެ.

މަންޓާ ޓޫރިޒަމުން ރާއްޖޭގެ އިގްތިސާދަށް ބޮޑު މަންފާއެއް ކުރަމުން އަންނައިރު، ރާއްޖޭގެ މުޅި ފަތުރުވެރިކަމުގެ ސިނާއަތްވެސް އަންނަނީ ހަލުވިކަމާއެކު ކުރިއަރަމުންނެވެ. ދިރާސާގެ ހިސާބުތަކަށް ބަލާއިރު، 2021 ވަނަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 1.3 މިލިއަނުގައި ހުރި ނަމަވެސް، 2024 ވަނަ އަހަރު ނިމުނުއިރު މި އަދަދު ވަނީ 2.05 މިލިއަނަށް އިތުރުވެފައެވެ. މިއީ 2021 ވަނަ އަހަރާ އަޅާބަލާއިރު %55 ގެ ބޮޑު ކުރިއެރުމެކެވެ. މުޅި ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތުގެ 25 އިންސައްތައަށްވުރެ ބޮޑު ބައެއް ހިއްސާކުރަނީ ފަތުރުވެރިކަމުގެ ސިނާއަތުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.