އެމްއެމްއޭ އިން ބުނީ މި ގޮތުން، ދިވެހި ރުފިޔާގެ ނިޝާނަށް ދީފައިވާ ކޯޑް ޕޮއިންޓަކީ U+20C2 އެވެ.

ދަ ޔުނިކޯޑް ކޮންސޯޓިއަމް އިން އެންމެފަހުން ނެރެފައިވާ ޔުނިކޯޑް ސްޓޭންޑަރޑްގެ ވާޝަން UNICODE 18.0 ގައި ދިވެހި ރުފިޔާގެ ނިޝާން ހިމަނައިފި އެވެ.
އެމްއެމްއޭ އިން ބުނީ މި ގޮތުން، ދިވެހި ރުފިޔާގެ ނިޝާނަށް ދީފައިވާ ކޯޑް ޕޮއިންޓަކީ U+20C2 އެވެ.
މި އޮތޯރިޓީން 2022 ވަނަ އަހަރު ތައާރަފުކޮށްފައިވާ ދިވެހި ރުފިޔާގެ ނިޝާން މި ސްޓޭންޑަރޑްގައި ހިމެނިގެން ދިއުމުން، ވެބްސައިޓްތަކާއި މޯބައިލް އެޕްލިކޭޝަންތައް އަދި އެކިއެކި ޑިޖިޓަލް ޕްލެޓްފޯމްތަކުގައި ދިވެހި ރުފިޔާގެ ނިޝާން އެއް މިންގަނޑަކަށް ބޭނުންކުރެވޭނެއެވެ.
އެމްއެމްއޭ އިން ބުނީ މިއީ ޑިޖިޓަލް ވަސީލަތްތަކުގައި ދިވެހި ރުފިޔާގެ ނިޝާން ފަސޭހަ ކަމާއެކު ބޭނުންކުރެވޭނެ ގޮތް ހެދުމުގައި ހާސިލްވި މުހިންމު ލަނޑުދަނޑިއެކެވެ. ޔުނިކޯޑް ސްޓޭންޑަރޑްގައި ދިވެހި ރުފިޔާގެ ނިޝާން ހިމެނުމަށް މި އޮތޯރިޓީއަށް މަސައްކަތްކޮށްދެއްވި އެންމެހައި ފަރާތްތަކަށް މި ފުރުސަތުގައި ޝުކުރުދަންނަވަމެވެ.