ސައުދާ އާއި ރާފިއު ހިމެނޭހެން ޕީއެންސީގެ 6 ނައިބު ރައީސުން ހޮވައިފި

ނައިބު ރައީސުން އިންތިހާބު ކުރުމަށް މިއަދު ނެގި ވޯޓުގައި އެ ޕާޓީގެ 1095 މެންބަރުން ބައިވެރިވި އެވެ.

ޕީއެންސީގެ ނައިބު ރައީސްގެ މަގާމަށް އިންތިހާބުވި ހަ ބޭފުޅުން

ޕީއެންސީން ހަ ނައިބު ރައީސުން އިންތިހާބު ކޮށްފި އެވެ.

ސޯޝަލް ސެންޓަރުގައި މިހާރު ކުރިޔަށްދާ ޕީއެންސީގެ ކޮންގްރެސްގައި މިއަދު އެ ޕާޓީގެ 1105 މެންބަރުން ބައިވެރިވި އެވެ. އަދި އެ ވޯޓުގައި 1095 މެންބަރުން ބައިވެރިވި އެވެ.

އެގޮތުން ޕީއެންސީގެ ނައިބު ރައީސްގެ މަގާމަށް ކުރިމަތިލި އަށް މެންބަރުންގެ ތެރެއިން އެންމެ ގިނަ ވޯޓު ލިބިވަޑައިގަތީ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު އަށެވެ. އޭނާ އަށް ލިބިވަޑައިގަތީ 968 ވޯޓެވެ. ދެވަނަ އަށް އެންމެ ގިނަ ވޯޓު ލިބިވަޑައިގެންނެވީ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމަށެވެ. އެއީ 964 ވޯޓެވެ.

ވޯޓުގެ ނަތީޖާ

  •  ޔޫތު މިނިސްޓަރު އަބްދުﷲ ރާފިއު - 968
  •  ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް - 964
  •  ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާ - 923
  •  ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު - 862
  •  އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު - 833
  •  ޗީފް ސްޕޯކްސްޕާސަން މުހައްމަދު ޝަރީފް - 780

ޝިޔާމް އާއި ޝޫޖާއު އާއި ސައީދު އަދި މުންދު އަކީ މީގެ ކުރިން ވެސް އެ ޕާޓީގެ ނައިބު ރައީސުންނެވެ.

ނައިބު ރައީސްގެ މަގާމަށް މިފަހަރު ކުރިމަތިލެއްވި ނަމަވެސް އިންތިހާބުގައި ނާކާމިޔާބުވީ ދެ މެންބަރެކެވެ. އެއީ މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދާއި އެލްޖީއޭގެ ރައީސް މުހައްމަދު ނިމާލެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.