މި އެކްސިޑެންޓުގައި މަރުވީ ޅ. ކުރެންދޫ، މުހައްމަދު އަފީފް، 62 އެވެ. އޭނާ އަކީ ކުރީގެ ދިވެހި ޓީޗަރެކެވެ.

މިދިޔަ އޮގަސްޓް މަހުގެ 31 ވަނަ ދުވަހު ދަރިފުޅު ގޮވައިގެން ދަނިކޮށް އެކްސިޑެންޓްވި ބައްޕައަށް ފަރުވާ ދެމުން ދަނިކޮށް ރޭ މަރުވެއްޖެ އެވެ.
މި އެކްސިޑެންޓުގައި މަރުވީ ޅ. ކުރެންދޫ، މުހައްމަދު އަފީފް، 62 އެވެ. އޭނާ އަކީ ކުރީގެ ދިވެހި ޓީޗަރެކެވެ.
ފުލުހުން އޭރު ބުނެފައި ވަނީ މި އެކްސިޑެންޓް ހިނގާފައި ވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހީނާމާ ހިނގުމާއި ދުނބުރިގަސް މަގު ގުޅުނު ހަތަރު އަނގޮޅީގައި ކާރަކާއި ސައިކަލެއް ޖެހިގެން ކަމަށެވެ.
ދެބަފައިން ތިބީ އެކްސިޑެންޓްވި ސައިކަލުގަ އެވެ. ސައިކަލް ދުއްވަން އިން އަފީފްގެ ހާލު ސީރިއަސްވެ، ހަމަ އެ ދުވަހު ވަނީ އުންމީދު ކަނޑާލާފަ އެވެ. އޭނާ މަރުވެފައި މިވަނީ ފަރުވާ ދެމުން އަންނަތާ 15 ވަރަކަށް ދުވަސް ފަހުންނެވެ.
ސައިކަލުގެ ފަހަތުގައި އިން އޭނާގެ 24 އަހަރުގެ ދަރިފުޅު ވެސް މި އެކްސިޑެންޓްގައި ޒަހަމްވި އެވެ.
އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް މަރުވި އަފީފުގެ ކަށުނަމާދު އޮންނާނީ މިއަދު މެންދުރު ނަމާދަށްފަހު ހުޅުމާލެ ސަހަރާ މިސްކިތުގަ އެވެ.