ރައީސް ނަޝީދު ޕީއެންސީ ކޮންގްރެސްއަށް ވަޑައިގަތުމުން ގިނަ ބަޔަކަށް ހައިރާންކަން ލިބިގެން ދިޔަ އެވެ. އަދި އެ މަނިކުފާނަށް ޕީއެންސީގެ މެންބަރުންގެ ފަރާތުން ވަނީ ހޫނު މަރުހަބާއެއް ކިޔާފަ އެވެ.

ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީގެ އެއްވުން ކަމަށްވާ ޕީއެންސީ ކޮންގްރެންސްއަށް ހުރިހާ ލީޑަރުންނަށް ދައުވަތުދިން، ވަަޑައިގަތީ ރައީސް ނަޝީދު އެކަންޏެވެ.
އެމްޑީޕީގެ އިސް ފައުންޑަރު އަދި އެ ޕާޓީން ކުރި ފުރަތަމަ ވެރިކަމުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ ޕީއެންސީ ކޮންގްރެސްއަށް ވަޑައިގެން އެ ޕާޓީގެ ޖަލްސާގައި ބައިވެރިވަޑައިގެންފަ އެވެ.
ރައީސް ނަޝީދު މީގެ ކުރިންވެސް ވަނީ މިފަދަ ހަފުލާތަކުގައި ބައިވެރިވަޑައިގެންފަ އެވެ. މިގޮތުން އިންތިހާބުން ބަލިވަޑައިގެންނެވިނަމަވެސް ރައީސް އަބްދުﷲ ޔާމީން ރައީސްކަމުގެ ހުވާ ކުރެއްވުމުގެ ދަރުބާރަށް ރައީސް ނަޝީދު ވަޑައިގެން ދެ ލީޑަރުން ސަލާމް ކުރެއްވި އެވެ.
ރައީސް ނަޝީދު ޕީއެންސީ ކޮންގްރެސްއަށް ވަޑައިގަތުމުން ގިނަ ބަޔަކަށް ހައިރާންކަން ލިބިގެން ދިޔަ އެވެ. އަދި އެ މަނިކުފާނަށް ޕީއެންސީގެ މެންބަރުންގެ ފަރާތުން ވަނީ ހޫނު މަރުހަބާއެއް ކިޔާފަ އެވެ. އަދި ސޯޝަލް މީޑިއާގައ ވަނީ މިކަމަށްޓަކައި ރައީސް ނަޝީދުއަށް ތައުރީފުވެސް ކޮށްފަ އެވެ. އަދި އެ ޕާޓީގެ ބައެއް އެކްޓިވިސްޓުން ވަނީ މިކަމަށް ފާޑު ކިޔާފަ އެވެ.