އޮގަސްޓް ނިމުނުއިރު ރަސްމީ ރިޒާވް 644 މިލިއަން ޑޮލަރަށް

ތަފާސް ހިސާބުތައް ދައްކާ ގޮތުން ޑޮލަރުން 643.8 މިލިއަން ޑޮލަރަށް (%0.9 އިން) އިތުރުވެފަ އެވެ. އަދި ބޭނުންކުރެވޭ ރިޒާވް ވަނީ 221.9 މިލިއަން ޑޮލަރުން 200.6 މިލިއަން ޑޮލަރަށް (%9.6 އިން) ދަށްވެފައެވެ.

މަރުކަޒީ ބޭންކް، އެމްއެމްއޭ

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ކޮންމެ މަހަކު އާއްމުކުރަމުންދާ ރިޒާރވް އަދަދުތަކަށް ބަލާއިރު އޮގަސްޓް މަސް ނިމުނުއިރު ރާއްޖޭގެ ރަސްމީ ރިޒާވް ހުރީ 638.0 މިލިއަން ޑޮލަރުގަ އެވެ.

އެމްއެމްއޭ އިން ބަލަހައްޓާ ރިޒާވްގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ޑޮލަރުން 643.8 މިލިއަން ޑޮލަރަށް (%0.9 އިން) އިތުރުވެފަ އެވެ. އަދި ބޭނުންކުރެވޭ ރިޒާވް ވަނީ 221.9 މިލިއަން ޑޮލަރުން 200.6 މިލިއަން ޑޮލަރަށް (%9.6 އިން) ދަށްވެފައެވެ. 

ޔޫޒަބަލް ރިޒާވް ދަށްވީ ކީއްވެ ؟ - ބޭނުންކުރެވޭ ރިޒާވް ދަށްވުމުގެ މައިގަނޑު ސަބަބަކީ އޮގަސްޓް މަހުގައި އެމްއެމްއޭ އަށް ބޭރު ފައިސާ ލިބުނު ޖުމްލަ އަދަދަަށްވުރެ އެމްއެމްއޭއިން ބޭރުފައިސާ ވިއްކި ޖުމްލަ އަދަދު އިތުރުވުމެވެ. މިގޮތުން ބޭންކިން ނިޒާމުގެ ތެރެއިން ބޭރު ފައިސާ ލިބުން އިތުރަށް ފަސޭހަކޮށްދިނުމުގެ ގޮތުންނާއި ބޭރު ފައިސާގެ ބާޒާރަށް އިތުރު ލުޔެއް ހޯދައި ދިނުމަށް އޮގަސްޓް މަސް ތެރޭގައި ބޭންކްތަކަށް ޑޮލަރު ވިއްކާފައިވާ މިންވަރުވަނީ ކުރީ މަހާއި އަޅާބަލާއިރު %13.8 އިން އިތުރުވެ ފައެވެ.

ފާއިތުވި ޖުލައި މަހާއި އަޅާބަލާއިރު މީރާގެ ޓެކްސް އަދި ނޮންޓެކްސްގެ ގޮތުގައި އެމްއެމްއޭ އަށް ލިބިފައިވާ ބޭރުފައިސާ ވަނީ % 14.3 އިން ދަށްވެފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.