ދިރާގުން ބުނީ މި ޕްރޮމޯޝަންގެ ދަށުން ކޮންމެ ހަފުތާއަކު ހޮވޭ ނަސީބުވެރިޔަކަށް 15،000 ރުފިޔާ ލިބޭއިރު، މުޅި ޕްރޮމޯޝަންގެ ގްރޭންޑް ވިނަރ ނުވަތަ ބޮޑު އިނާމުގެ ނަސީބުވެރިޔާއަށް 100،000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބިގެންދާނެ އެވެ.

ދިރާގުގެ ޕްރިޕެއިޑް ކަސްޓަމަރުންނަށް ހާއްސަކޮށްގެން، އަގުހުރި ފައިސާގެ އިނާމުތަކެއް ލިބޭ ރީލޯޑް ޕްރޮމޯޝަނެއް ފަށައިފި އެވެ.
ދިރާގުން ބުނީ މި ޕްރޮމޯޝަންގެ ދަށުން ކޮންމެ ހަފުތާއަކު ހޮވޭ ނަސީބުވެރިޔަކަށް 15،000 ރުފިޔާ ލިބޭއިރު، މުޅި ޕްރޮމޯޝަންގެ ގްރޭންޑް ވިނަރ ނުވަތަ ބޮޑު އިނާމުގެ ނަސީބުވެރިޔާއަށް 100،000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބިގެންދާނެ އެވެ.
އަންނަ މަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮމޯޝަނުގައި، ދިރާގު އެޕް މެދުވެރިކޮށް ރީލޯޑް ކުރާ ހުރިހާ ކަސްޓަމަރުންނަށްވެސް ބައިވެރިވެވޭނެއެވެ. އަދި ރީލޯޑް ކުރާ މިންވަރު އިތުރުވާ ވަރަކަށް، ގުރުއަތުން ހޮވުމުގެ ފުރުސަތުވެސް އިތުރުވެގެންދާނެއެވެ.
އެގޮތުން، ދިރާގު އެޕް މެދުވެރިކޮށް ކުރާ ކޮންމެ 100 ރުފިޔާގެ ރީލޯޑަކަށް ގުރުއަތުގައި ބައިވެރިވުމަށް އެއް ފުރުސަތު ލިބިގެންދާނެއެވެ. މީގެ އިތުރުން، 200 ރުފިޔާއަށް ރީލޯޑް ކުރާ ކަސްޓަމަރުންނަށް ގުރުއަތުގައި ބައިވެރުމަށް ދެ ފުރުސަތު އަދި 300 ރުފިޔާގެ ރީލޯޑަކަށް ތިން ފުރުސަތު ލިބިގެންދާނެއެވެ.
މި ޕްރޮމޯޝަނަކީ ދިރާގުގެ ޕްރީޕެއިޑް ކަސްޓަމަރުންނަށް ފޯރުކޮށްދޭ ހިދުމަތްތައް އިތުރަށް ފުރިހަމަކޮށް، ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ލުއިފަސޭހަ އަދި ފައިދާހުރި ހިދުމަތްތަކެއް ފޯރުކޮށްދިނުމުގެ މަގްސަދުގައި ކުރިއަށްގެންދާ ޕްރޮމޯޝަނެކެވެ.