އެމްޕީއެލް އިން 42،000 އަށްވުރެ ގިނަ ފްރައިޓް ޓަނުގެ މުދާ ނެރެފި

އެމްޕީއެލްއިން މިދިޔަ ހަފުތާ ޖުމްލަ 40,944.48 ފްރައިޓް ޓަނު (އެފް.ޓީ) ގެ މުދާ ކްލިއަރކޮށްފަ އެވެ. އަދި ޖެނެރަލް ކާގޯ ބޯޓުފަހަރުން 2,034.13 ފްރައިޓް ޓަނުގެ މުދާ ވަނީ ކްލިއަރކޮށްފަ އެވެ.

އެމްޕީއެލް ހުސް ކޮންޓެއިނާ ބަނދަރަށް ބޯޓެއް ކައިރިކޮށްފައި -- އެމްޕީއެލް

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެކާގޯ ކްލިއަރެންސް އަދި ބޯޓު ފަހަރަށް ހިދުމަތް ދިނުމުގެ މަސައްކަތުގެ ދަށުން މިދިޔަ ހަފުތާ 42،000 އަށްވުރެ ގިނަ ފްރައިޓް ޓަނުގެ މުދާ ނެރެދީފި އެވެ. 

އެމްޕީއެލްގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ނިމިދިޔަ ހަފުތާ ތެރޭގައި ތިން ކޮންޓެއިނާ ބޯޓު އައިސްފައިވާއިރު އަދި ހަތަރު ކޮންޓެއިނާ ބޯޓެއް ވަނީ މުދާ ބޭލުމަށްފަހު ފުރާފައިވެއެވެ. މީގެ އިތުރުން ހަ ޖެނެރަލް ކާގޯ ބޯޓު މުދަލާއި ރާއްޖެ އައިސްފައިވާއިރު، ހަތަރު ޖެނެރަލް ކާގޯ ބޯޓު ވަނީ ފުރުވާލާފަ އެވެ. 

އެމްޕީއެލްއިން މިދިޔަ ހަފުތާ ޖުމްލަ 40,944.48 ފްރައިޓް ޓަނު (އެފް.ޓީ) ގެ މުދާ ކްލިއަރކޮށްފަ އެވެ. އަދި ޖެނެރަލް ކާގޯ ބޯޓުފަހަރުން 2,034.13 ފްރައިޓް ޓަނުގެ މުދާ ވަނީ ކްލިއަރކޮށްފަ އެވެ.

ކޮންސައިންމަންޓުގެ ތަފާސް ހިސާބު

  •  ކޮންޓެއިނަރ ބޯޓުފަހަރުން 1,268 ކޮންސައިންމަންޓް ކްލިއާކުރި
  •  ޖެނެރަލް ކާގޯ ބޯޓުފަހަރުން 327 ކޮންސައިންމަންޓް ވަނީ ކްލިއާ

އެމްޕީއެލްގެ މިހާރުގެ ކެޕޭސިޓީން އެންމެ ފުރިހަމަ ހިދުމަތް ދޭން މަސައްކަތް ކުރާއިރު، އެ ކުންފުނިން ދަނީ ތިލަފުއްޓަށް ޕޯޓު ބަދަލު ކުރުމުގެ ބޮޑު މަޝްރޫއެއްވެސް ފަށާފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.