ޓޫރިސްޓުންގެ އަދަދު 1.5 މިލިއަނަށް، އެކަމަކު ދަށް

ޓޫރިޒަމް މިނސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 1,56 މިލިއަން ޓޫރިސްޓުންނެވެ. މި އަދަދު މި އަހަރު ހުރީ 1,51 މިލިއަންގަ އެވެ، މިއީ 3.6 ޕަސެންޓުގެ ދަަށްވުމެކެވެ.

ވެރިރަށް މާލެއަށް ފޭބި ޓޫރިސްޓުން ތަކެއް -- މިރާ

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު 1.5 މިލިއަނަށް އިތުރުވިނަމަވެސް މިދިޔަ އަހަރަށްވުރެ އައި މީހުންގެ އަދަދު ދަށް ކަމަށް ދައްކައިފި އެވެ. 

ޓޫރިޒަމް މިނސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 1,56 މިލިއަން ޓޫރިސްޓުންނެވެ. މި އަދަދު މި އަހަރު ހުރީ 1,51 މިލިއަންގަ އެވެ. މިއީ 3.6 ޕަސެންޓުގެ ދަަށްވުމެކެވެ. 

ޓޫރިޒަމް ތަފާސްހިސާބުތައް ދައްކާގޮތުން ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 5,797 ޓޫރިސްޓުން ރާއްޖެ އަށް އާދެއެވެ. އަދި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ތެރެއިން ބޮޑު ބައެއް އަހަރުން އަހަރަށް ބަލާބަމަ 73.5 ޕަސެންޓު މީހުން ޗުއްޓީ ހޭދަކުރުމަށް ހިޔާރުކުރަނީ ރިސޯޓުތަކެވެ.  

އެންމެ ގިނައިން ޓޫރިސްޓުން އައި ގައުމުތައް

  •  ޗައިނާ - 278,605 ފަތުރުވެރިން (މާކެޓްގެ 18.8 ޕަސެންޓު)
  •  ރަޝިއާ - 217,889 ފަތުރުވެރިން (މާކެޓްގެ 14.7 ޕަސެންޓު)
  •  އިނގިރޭސިވިލާތް - 114,735 ފަތުރުވެރިން (މާކެޓްގެ 7.7 ޕަސެންޓު)
  •  އިޓަލީ - 95,164 ފަތުރުވެރިން (މާކެޓްގެ 6.4 ޕަސެންޓު)
  •  ޖަރުމަނުވިލާތް - 92,284 ފަތުރުވެރިން (މާކެޓްގެ 6.2 ޕަސެންޓު)

ޓޫރިޒަމް ތަފާސް ހިސާބުތައް ދައްކާ ގޮތުން ރާއްޖޭގައި ޓޫރިސްޓުންނަށް ޚިދުމަތް ދިނުމަށް ރާއްޖޭގައި މިވަގުތު ޖުމްލަ 67,756 އެނދު އޮޕަރޭޝަންގައި އެބަހުއްޓެވެ. މީގެ ތެރޭގައި ހިމެނެނީ ރިސޯޓު އަދި މެރީނާގެ ގޮތުގައި 179 ތަނެއްގައި 45,141 އެނދާއި 907 ގެސްޓްހައުސްއެއްގައި ހުރި 16,480 އެނދު އަދި 172 ސަފާރީ އުޅަނދުގައި ހުރި 3,481 އެނދުގެ އިތުރުން 16 ހޮޓަލެއްގައި ހުި 2,654 އެނދެވެ. 

މި ހިސާބުތަކުން ދައްކާގޮތުގައި ރާއްޖޭގެ ޓޫރިޒަމް ސިނާއަތުގައި އޮޕަރޭޓްކުރާ އެނދުގެ 67 ޕަސެންޓު ހިއްސާކުރަނީ ރިސޯޓުތަކުންނެވެ. އަދި 24 ޕަސެންޓު އެނދު ގެސްޓްހައުސްތަކުގައި ހުރިއިރު، ސަފާރީތަކުން 5 ޕަސެންޓު އަދި ހޮޓާތަކުން 4 ޕަސެންޓު ހިއްސާކުރެ އެވެ.  

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.