ފުލުހުން ބުނީ، ބަންގްލަދޭޝްގެ އުމުރުން 25 އަހަރުގެ ފިރިހެނަކު ޓަވަރެއްގެ މަތީގައި މަސައްކަތް ކުރަނިކޮށް ވެއްޓި އަނިޔާވި މައްސަލަ މިއަދު ހަވީރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަމުންދާ ރ. ފުއްގިރީގައި މަސައްކަތްކުރަމުންދިޔަ ބިދޭސީއަކު، އެންޓަނާއަކުން ވެއްޓި ބޮޑެތި އަނިޔާތަކެއް ލިބިއްޖެ އެވެ.
ފުލުހުން ބުނީ، ބަންގްލަދޭޝްގެ އުމުރުން 25 އަހަރުގެ ފިރިހެނަކު ޓަވަރެއްގެ މަތީގައި މަސައްކަތް ކުރަނިކޮށް ވެއްޓި އަނިޔާވި މައްސަލަ މިއަދު ހަވީރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އެ މީހާ ވެއްޓުނީ، ގާތްގަނޑަކަށް 25 ފޫޓު މަތިން ކަމަށް ފުލުހުން ބުންޏެވެ.
އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި އެ މީހާއަށް ފަރުވާދެމުންދާއިރު، އެ މީހާގެ ހާލު މިވަގުތު ސީރިއަސް ނޫންކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މި ހާދިސާ ހިނގި ގޮތް ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.