ސްޕޯޓްސް ކޮމިޝަނަރު ތޮލާލް، ވަޒީރުން ފެންވަރުގައި ރައީސް އޮފީހަށް

ތޮލާލްގެ އިތުރުން، ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަޤާމަށް އަޙްމަދު ޙަބީބް ވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވަނީ އައްޔަނުކުރައްވައިފަ އެވެ.

ސްޕޯޓްސް ކޮމިޝަނަރުކަމުގެ ލިޔުން ރައީސް މުއިއްޒު، ތޮލާލާ ހަވާލުކުރައްވަނީ. --ފައިލް ފޮޓޯ: ރައީސް އޮފީސް

ކޮމިޝަނާ އޮފް ސްޕޯޓްސްގެ މަގާމުގައި ހުންނެވި މުހައްމަދު ތޮލާލް، މިނިސްޓަރުންގެ ފެންވަރުގައި ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް ފޮ ޓާޝަރީ ހެލްތު ސާވިސަސްގެ މަގާމަށް މިއަދު އައްޔަނުކުރައްވައިފި އެވެ. 

ތޮލާލަކީ މީގެ ކުރިންވެސް ސަރުކާރާއި ދައުލަތުގެ މުހިންމު އިސް މަގާމުތަކެއް ފުރުއްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ. އެގޮތުން ޠަލާލް ވަނީ އެޑިއުކޭޝަން ޑިވެލޮޕްމަންޓް ސެންޓަރުގެ ސީނިއަރ ކަރިކިއުލަމް ޑިވެލޮޕަރުގެ މަޤާމާއި އިލެކްޝަންސް ކޮމިޝަންގެ އެސިސްޓަންޓް ޑިރެކްޓަރ ޖެނެރަލް ކަމުގެ މަޤާމާއި ޑިރެކްޓަރ ޖެނެރަލް ކަމުގެ މަޤާމާއި މިނިސްޓްރީ އޮފް ހިއުމަން ރިސޯސަސް، ޔޫތު އެންޑް ސްޕޯޓްސްގެ ޓެކްނިކަލް އެޑްވައިޒަރ ޓު ދަ މިނިސްޓަރ ކަމުގެ މަޤާމާއި މިނިސްޓްރީ އޮފް ހޯމް އެފެއަރޒްގެ ޑެޕިއުޓީ މިނިސްޓަރުކަން އަދާކުރައްވާފައެވެ. މީގެއިތުރުން ޠަލާލަކީ ދިވެހިރާއްޖޭގެ ކުޅިވަރުގެ ކުރިއެރުމަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވަމުންގެންދަވާ ބޭފުޅެކެވެ.

ތޮލާލްގެ އިތުރުން، ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަޤާމަށް އަޙްމަދު ޙަބީބް ވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވަނީ އައްޔަނުކުރައްވައިފަ އެވެ. 

އެ މަގާމު ހުސްވީ، ޕޮލިސީ ސެކްރެޓަރީގެ މަގާމުގައި ހުންނެވީ އަބްދުﷲ ނާޒިމް މިއަދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ނާޒިމް މިއަދު އިސްތިއުފާ ދެއްވި ކަން ރައީސް އޮފީހުން ކަށަވަރު ކޮށްދިން ނަމަވެސް އޭނާ އެ ނިންމުން ނިންމެވި ސަބަބެއް ސާފެއް ނުވެ އެވެ.

ޙަބީބް މީގެ ކުރިން ހުންނެވީ ވިލާ އެއަރގެ ޖެނެރަލް މެނޭޖަރެއްގެ މަޤާމުގައެވެ. ޙަބީބް މީގެ ކުރިން ވަނީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ސްޓޭޓް މިނިސްޓަރުގެ މަޤާމުވެސް ފުރުއްވާފައެވެ. މީގެއިތުރުން ވިލާ ހަކަތައިގެ މެނޭޖަރުގެ މަޤާމާއި ވިލާ އެއަރގެ ކާޑެއްދޫ އެއަރޕޯޓްގެ ޑެޕިއުޓީ މެނޭޖަރުކަން ވަނީ ފުރުއްވާފައެވެ. އަޙްމަދު ޙަބީބް ވަނީ އޮސްޓްރޭލިއާގެ ކަރޓިން ޔުނިވަރސިޓީން މާސްޓަރ އޮފް ސައިންސް އިން ޕްރޮޖެކްޓް މެނޭޖްމަންޓް ޑިގްރީ ހާސިލުކުރައްވާފައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.