"ބޮޑު ބަދަލު" ސިޔާސަތަށް އެމްޑީޕީ ކޮންގްރެސްގެ ރުހުން ހޯދަން ހުށަހަޅަނީ

ބޮޑު ބަދަލު ސިޔާސަތު ކަރުދާސް ހުށަހަޅުއްވާފައި ވަނީ ފައްޔާޒެވެ. އަދި އެ ކަރުދާހަށް ތާއީދު ކުރައްވާފައި ވަނީ ކުރީގެ މެންބަރު އިލްޔާސް ލަބީބެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ފައްޔާޒް--

އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ގުޅިގެން ނެރުއްވި "ބޮޑު ބަދަލު" ގެ ސިޔާސަތުތަކަށް އެމްޑީޕީ ކޮންގްރެސްގެ ރުހުން ހޯދަން ހުށަހެޅި ކަރުދާސް މިއަދު އާންމުކޮށްފި އެވެ.

އެމްޑީޕީން މިއަދު ވަނީ ކޮންގްރެސް އަށް ހުށަހަޅަން ބޭނުންވާ އިސްލާހުތައް ހުށަހެޅުމަށް އެ ޕާޓީން ހުޅުވައިލި ފުރުސަތުގައި ލިބިފައިވާ އިސްލާހުތަކުގެ ކަރުދާސް އާންމު ކޮށްފަ އެވެ.

އެގޮތުން ފުރަތަމަ ކަރުދާހެއްގެ ގޮތުން ހުށަހަޅާފައި ވަނީ ފައްޔާޒް ހުށަހަޅުއްވައި ކުރީގެ މެންބަރު އިލްޔާސް ލަބީބް ތާއީދު ކުރައްވާފައިވާ "ބޮޑު ބަދަލު" ސިޔާސަތު ކަރުދާހެވެ.

ފައްޔާޒް ހުށަހަޅުއްވާ ބައެއް ބަދަލުތައް:

  •  ގާނޫނުއަސާސީ އިސްލާހު ކުރެވޭނީ މަޖިލީހާއި ކައުންސިލަރުން ހިމެނޭ ހާއްސަ މަޖިލީހަކުން.
  •  އިންތިހާބު ކުރާ ކޮންމެ މީހަކު ވެސް ވަކި ކުރުމުގެ ފުރުސަތު އިންތިހާބު ކުރި ރައްޔިތުންނަށް އޮތުން.
  •  ދާއިމީ އެޑްރެސްގެ ބަދަލުގައި ދިރިއުޅޭ ތަނުގެ ކައުންސިލަށް ވޯޓު ދިނުން.
  •  މެންބަރުންގެ އަދަދު އިތުރު ނުވާ ގޮތަށް ލިމިޓް ކުރުން.
  •  ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކި ކުރެވޭނީ އާންމުންގެ ވޯޓަކުން.
  •  ޖޭއެސްސީގެ އެކުލެވުން ބަދަލު ކުރުން.
  •  ރައްޔިތުންގެ ވޯޓުން ހޮވާ ސަރުކާރުގެ އިސް ވެރިއެއްގެ އިތުރުން މަޖިލީހުން ހޮވާ ދައުލަތުގެ އިސްވެރިއަކު ހުރުން.

މި ބަދަލުތައް އިއުލާން ކުރެއްވި ދުވަހު ފައްޔާޒް ވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރައްވާނެ ކަމަށް ވެސް އިއުލާން ކުރައްވައިފަ އެވެ.

އޭނާ އެމްޑީޕީގެ ޕްރައިމަރީ އާއި 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވިއްޖެ ނަމަ ދައުލަތުގެ އިސްވެރިއެއްގެ ގޮތުގައި ނަޝީދު ހުންނަވަން ބޭނުންވާ ކަމަށް ފައްޔާޒް ވިދާޅުވި އެވެ.

އެއާއެކު ނަޝީދު ވަނީ ވަނީ އެމްޑީޕީގެ ޕްރައިމަރީގައި ފައްޔާޒް އެންޑޯޒް ކުރައްވައިފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.