އޭނާ އިސްތިއުފާ ދެއްވި ކަން ރައީސް އޮފީހުން ކަށަވަރު ކޮށްދިން ނަމަވެސް އިސްތިއުފާ ދެއްވި ސީދާ ސަބަބެއް ސާފެއް ނުވެ އެވެ.

ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީގެ މަގާމުގައި ހުންނެވީ އަބްދުﷲ ނާޒިމް މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
ނާޒިމް މިއަދު އިސްތިއުފާ ދެއްވި ކަން ރައީސް އޮފީހުން ކަށަވަރު ކޮށްދިން ނަމަވެސް އޭނާ އެ ނިންމުން ނިންމެވި ސަބަބެއް ސާފެއް ނުވެ އެވެ.
މި ސަރުކާރު ފެށުނު އިރު ނާޒިމް ފުރަތަމަ ހުންނެވީ ރައީސް އޮފީހުގެ ޕަބްލިކް ޕޮލިސީ ސެކްރެޓަރީއެއްގެ މަގާމުގަ އެވެ. އަދި ކެބިނެޓު ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގަންނަވައި ނޫސްވެރިންނަށް މައުލޫމާތު ވެސް ދެއްވި އެވެ.
އެއަށް ފަހު ސެޕްޓެމްބަރު 30، 2024 ގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އޭނާ ހެލްތު މިނިސްޓަރުގެ މަގާމަށް އައްޔަން ކުރައްވައިފަ އެވެ. އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް އެނާ އަދާ ކުރެއްވި މަގާމެވެ.
ނާޒިމް އެ މަގާމުން ވަކި ކުރަން ރައީސް ނިންމެވީ ލޯކަލް ކައުންސިލް އިންތިހާބުގެ ނަތީޖާ އަށް ފަހު ކެބިނެޓަށް އައި ބޮޑު ބަދަލުގެ ތެރެއިންނެވެ. އޭގެ ފަހުން އޭނާ ހުންނެވީ ޕޮލިސީ ސެކްރެޓަރީގެ މަގާމުގަ އެވެ.