ފުލުހުން ބުނީ އޭގެ ތެރެއިން އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބިގެން، ހުޅުމާލެ ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުންދާ ކަމަށެވެ. އެއީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ފުލުހުން ބުނީ ރޭ 19:20 ހާއިރު މި އެކްސިޑެންޓް ހިނގާފައި ވަނީ ބްރިޖުގެ މާލެ އިން ހުޅުމާލެއަށް ދަތުރުކުރާ ފަޅިން ބާރު ސްޕީޑްގައި ދުއްވި ސައިކަލެއް ކަހާލައިގެން ވެއްޓި އިތުރު ސައިކަލަކާއި ކާރެއްގައި ޖެހިގެން ކަމަށެވެ.
މި އެކްސިޑެންޓްގައި ޖުމުލަ ތިން މީހަކަށް ވަނީ އަނިޔާވެފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ އެއް ސައިކަލުގައި ތިބި ދެ މީހުންނާއި އަނެއް ސައިކަލުގައި އިން މީހާ އެވެ.
ފުލުހުން ބުނީ އޭގެ ތެރެއިން އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބިގެން، ހުޅުމާލެ ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުންދާ ކަމަށެވެ. އެއީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.