އެނގިފައިވާ ގޮތުގައި، މިދިޔަ އެޕްރީލް މަހުގެ ތެރޭގައި މިނިސްޓަރުކަމުން އިސްތިއުފާ ދެއްވި މާރިޔާ، އެމްބެސެޑާ އެޓް ލާޖްގެ މަގާމަށް އައްޔަނުކުރެއްވީ މި މަހުގެ ކުރީ ކޮޅެވެ.

ކުރީގެ އެގްރިކަލްޗަރަލް މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖްގެ މަގާމަށް އައްޔަނުކުރައްވައިފި އެވެ.
އެނގިފައިވާ ގޮތުގައި، މިދިޔަ އެޕްރީލް މަހުގެ ތެރޭގައި މިނިސްޓަރުކަމުން އިސްތިއުފާ ދެއްވި މާރިޔާ، އެމްބެސެޑާ އެޓް ލާޖްގެ މަގާމަށް އައްޔަނުކުރެއްވީ މި މަހުގެ ކުރީ ކޮޅެވެ.
މާރިޔާ، މި ސަރުކާރުގެ ފުރަތަމަ ކެބިނެޓުގައި ހުންނެވީ ހަޔާ އެޑިއުކޭޝަން މިނިސްޓަރުކަމުގެ މަގާމުގަ އެވެ.
އެގްރިކަލްޗަރަލް މިނިސްޓަރުކަމަށް 2024 ވަނަ އަހަރު އޭނާ ބަދަލުކުރެއްވުމަށްފަހު، މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި ކެބިނެޓަށް ގެންނެވި ބަދަލުތަކުގެ ތެރެއިން، އޭރު އިސްތިއުފާ ދެއްވި 10 މިނިސްޓަރުންގެ ތެރޭގައި މާރިޔާ ވެސް ހިމެނިވަޑައިގަންނަވަ އެވެ.
އޭރު ކެބިނެޓުން ވަކިވެވަޑައިގެންނެވި ބޭފުޅުންގެ ތެރެއިން، ކުރީގެ ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފް އުމަރާއި ކުރީގެ އެންވަޔަރަމަންޓް މިނިސްޓަރު ތާރިގް އިބްރާހީމް ވެސް ވަނީ ސަފީރުކަން ދެއްވައިފަ އެވެ.
އާދަމް ޝަރީފް ގަތަރުގައި ހުންނަވާ ދިވެހި ސަފީރުގެ މަގާމަށް، އަދި ތާރިގު ޔޫއޭއީގައި ހުންނަވާ ދިވެހި ސަފީރުކަމަށް ވަނީ އައްޔަނުކުރައްވައިފަ އެވެ.