އެދެނީ އިސްލާމް ދީނަށް ވަފާތެރި ގައުމެއްގެ ގޮތުގައި ދެމިއޮތުމަށް: މައުމޫން

މައުމޫން ވިދާޅުވީ، އިސްލާމް ދީނަކީ ގައުމުގެ ބިންގާ ކަމަށާއި، ގައުމާއި ގައުމިއްޔަތުވެސް ބިނާވެފައި ވަނީ އެ ބިންގަލުގެ މައްޗަށް ކަމަށެވެ. އަދި ވިދާޅުވީ، "އެ [އިސްލާމްދީން] ދޫކޮށްލައިގެން އަޅުގަނޑުމެންނަކަށް ފަރެއް ނުޖެެއްސޭނެ،" ކަމަށެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް

ރާއްޖެ އިސްލާމްވިތާ 900 އަހަރުވެފައިވާއިރު، މާޒީގައި ވެސް އޮތް ގޮތަށް، ކުރިއަށް އޮތް ތަނުގައި ވެސް ދީނަށް ވަފާތެރި އަދި ތެދުވެރި ގައުމެއްގެ ގޮތުގައި ދެމި އޮތުމަށް، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އެދިވަޑައިގެންފި އެވެ.

ރާއްޖެ އިސްލާމްވި ދުވަހާ ގުޅިގެން މައުމޫން ހިއްސާކުރެއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ، ވޭތުވެދިޔަ ނުވަ ގަރުނު، ކާބަފައިން ސާބިތުކޮށްދެއްވީ ވަރަށް ވަރުގަދަ ފިލާވަޅެއް ކަމަށެވެ. އެ ފިލާވަޅު މަތީގައި ހުރިހާ ދިވެހިން ވެސް ސާބިތުކަމާއެކު ދެމިތިބުމަށް އެމަނިކުފާނު ވަނީ ގޮވާލައްވައިފަ އެވެ.

"އަޅުގަނޑުމެންގެ ކާބަފައިން ވޭތުވެދިޔަ 900 އަހަރު އެ ސާބިތުކޮށްދެއްވީ ވަރަށް ވަރުގަދަ ފިލާވަޅެއް. އެއީ ދިވެހިރާއްޖެއަށް ތަފާތު ކަންތައްތައް ދިމާވި ނަމަވެސް އެބޭފުޅުން އިސްލާމް ދީން ދޫކޮށެއް ނުލައްވާ. އިސްލާމް ދީނަށް ކުޑަވެސް ލޮޅުމެއް އެރިއަކަ ނުދެއްވާ،" އެބޭފުޅުން ސާބިތުކަމާއެކު ދީނުގައި ހިފެހެއްޓެވިކަން ފާހަގަކުރައްވަމުން މައުމޫން ވިދާޅުވި އެވެ.

މައުމޫން ވިދާޅުވީ، އިސްލާމް ދީނަކީ ގައުމުގެ ބިންގާ ކަމަށާއި، ގައުމާއި ގައުމިއްޔަތުވެސް ބިނާވެފައި ވަނީ އެ ބިންގަލުގެ މައްޗަށް ކަމަށެވެ. އަދި ވިދާޅުވީ، "އެ [އިސްލާމްދީން] ދޫކޮށްލައިގެން އަޅުގަނޑުމެންނަކަށް ފަރެއް ނުޖެެއްސޭނެ،" ކަމަށެވެ.

"ކުރިއަށް އޮތްތަނުގައި ވެސް އަޅުގަނޑު އެދެނީ ދިވެހި ރައްޔިތުން ވެސް އެފަދަ [ކާބަފައިން ދެއްކެވި] ސާބިތުކަމަކާ އެކީގައި ދީނުގެ މަތިވެރި ހިދާޔަތުގައި ދެމި ތިއްބެވުން،" މައުމޫން ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.