300 އަށްވުރެ ގިނަ ޒުވާން ހަތީބުންނާ އެކު މަހާސިންތާއެއް ފަށައިފި

އެއް ދުވަހަށް ކުރިއަށްގެންދާ މި މަހާސިންތާގައި 300 އަށް ވުރެ ގިނަ ހަތީބުން ބައިވެރިވެ އެވެ. މި މަހާސިންތާގައި މައްކާގެ ހަރަމްފުޅުގެ އިމާމު، ޑރ. ޔާސިރު އައްދައުސަރީ ވެސް ބައިވެރިވެޑައިގަންނަވަ އެވެ.

މަހާސިންތާގައި ބައިވެރިވާ ޒުވާން ހަތީބުން --

ރާއްޖެ އިސްލާމްވީތާ 900 އަހަރު ފުރުމާ ދިމާކޮށް، ޒުވާން ހަތީބުންގެ ގައުމީ މަހާސިންތާ މިއަދު ފަށައިފި އެވެ.

އެއް ދުވަހަށް ކުރިއަށްގެންދާ މި މަހާސިންތާގައި 300 އަށް ވުރެ ގިނަ ހަތީބުން ބައިވެރިވެ އެވެ. މި މަހާސިންތާގައި މައްކާގެ ހަރަމްފުޅުގެ އިމާމު، ޑރ. ޔާސިރު އައްދައުސަރީ ވެސް ބައިވެރިވެޑައިގަންނަވަ އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މި މަހާސިންތާއަކީ މުސްތަގުބަލުގެ ޖީލުތަކަށް އިސްލާމީ ޝިއާރު ފާޅުކުރުމަށް އިސްނަގައިގެން ތެދުވި ޒުވާން ހަތީބުންނަށް ހިތްވަރުދިނުމުގެ ގޮތުން ބާއްވާ މަހާސިންތާއެއް ކަމަށެވެ.

މިނިސްޓްރީން ބުނެފައި ވަނީ ރާއްޖޭގެ ތާރީހުގައި އެންމެ ގިނަ ހާފިޒުން އުފެދިފައިވަނީ މި ސަރުކާރުގައި ކަމަށާއި އެގޮތުން ރާއްޖޭގައި މިވަގުތު 322 ހާފިޒުން އެބަތިބި ކަމަށެވެ. އަދި އަމާޒަކީ ކުރިއަށް މިއޮތް ދެ އަހަރު ދުވަހުގެ ތެރޭގައި މި އަދަދު 500 އަށް އިތުރުކުރުން ކަމަށް ވެސް ބުނެފައިވެ އެވެ.

"ޒުވާން ހަތީބުން" ޕްރޮގްރާމަކީ ރަށްރަށަށް ދިމާވެފައިވާ ހަތީބުން ލިބުން ދަތިވުމުގެ މައްސަލައަށް ހައްލެއް ހޯދުމަށާއި، ޒުވާން ކުދިންނަށް މި ފުރުސަތު ފަހިކޮށްދިނުމަށް މި ސަރުކާރުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.