ޖުމްލަ ސެކިއުރިޓީސް 99 ބިލިއަނަށް | ކޮންޓްރޯލް ބޭންކްތަކުގަ

ތަފާސް ހިސާބުތައް ދައްކާ ގޮތުން ރުފިޔާއިން ވިއްކާފައިވާ 41.6 ބިލިއަން ރުފިޔާގެ ޓީ-ބިލްގެ ތެރެއިން ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ، 24.3 ބިލިއަން ރުފިޔާގެ ޓީ-ބިލް ގަނެފައިވަނީ ވިޔަފާރި ބޭންކްތަކުންނެވެ.

ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު މަޖިލީހުގައި ޖަވާބު ދެއްވަނީ -- މަޖިލިސް

ދިވެހި ސަރުކާރުގެ އެތެރޭގެ ދަރަނި ފޫބެއްދުމަށް ވިއްކާފައިވާ ޓްރެޒަރީ ބިލް (ޓީ-ބިލް) ގެ މާކެޓްގެ އެންމެ ބޮޑު ކޮންޓްރޯލެއް އޮތީ ރާއްޖޭގައި ހިންގާ ކޮމާޝަލް ބޭންކްތަކުގެ އަތްމަތީގައިކަން ތަފާސްހިސާބުތަކުން ހާމަވެއްޖެ އެވެ. 

ފިނޭންސް މިނިސްޓްރީން އެންމެފަހުން ނެރުނު ތަފާސް ހިސާބުތައް ދައްކާ ގޮތުން ރުފިޔާއިން ވިއްކާފައިވާ 41.6 ބިލިއަން ރުފިޔާގެ ޓީ-ބިލްގެ ތެރެއިން ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ، 24.3 ބިލިއަން ރުފިޔާގެ ޓީ-ބިލް ގަނެފައިވަނީ ވިޔަފާރި ބޭންކްތަކުންނެވެ.

ބޭންކްތަކުން ޓީބިލް ގަނެފައިވާ ގޮތް

  •  ޓްރެޒަރީ ބިލް - 24,3 ބިލިއަން ރުފިޔާ
  •  ޓްރެޒަރީ ބިލް - ދެ ބިލިއަން ރުފިޔާ (ޑޮލަރުން)

މިދިޔަ އޮގަސްޓް މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން، ދައުލަތުގެ ސެކިއުރިޓީސްގެ ޖުމްލަ އަދަދަކީ 99 ބިލިއަން ރުފިޔާއެވެ. މީގެ ތެރެއިން އެންމެ ބޮޑު ބައެއް ހިއްސާކުރަނީ އެތެރޭގެ މާކެޓުގައި ވިއްކާފައިވާ ސެކިއުރިޓީސް ނުވަތަ ޑޮމެސްޓިކް އިންސްޓްރުމަންޓްސް އެވެ. ޑޮމެސްޓިކް އިންސްޓްރުމަންޓްސްގެ ގޮތުގައި 97,7 ބިލިއަން ރުފިޔާ ހިމެނޭއިރު، ބޭރުގެ މާކެޓުގައި ވިއްކާފައިވާ އެކްސްޓާނަލް ބޮންޑުގެ އަދަދަކީ 1,542.0 ބިލިއަން ރުފިޔާއެވެ.

ފިނޭންސުގެ މައުލޫމާތުތަކުން އެނގޭ ގޮތުގައި އެތެރޭގެ މާކެޓުގައި ސަރުކާރުން އެންމެ ގިނައިން ވިއްކާފައިވަނީ ދިވެހި ރުފިޔާއިން ވިއްކާފައިވާ ޓީބިލާއި ޓްރެޒަރީ ބޮންޑެވެ. އެގޮތުން ދިވެހި ރުފިޔާއިން ވިއްކާފައިވާ ޓީ-ބިލްގެ އަދަދު 41,6 ބިލިއަން ރުފިޔާއަށް އަރާއިރު، ދިވެހި ރުފިޔާގެ ޓީ-ބޮންޑުގެ އަދަދަކީ 33,6 ބިލިއަން ރުފިޔާ އެވެ.

ރުފިޔާގެ އިތުރުން ޑޮލަރުންނާއި އިސްލާމިކް އިންސްޓްރުމަންޓްސްގެ ގޮތުގައިވެސް ދައުލަތުން ވަނީ ފައިސާ ހޯދާފައެވެ. އެގޮތުން ޑޮލަރު ޓީ-ބިލްގެ ގޮތުގައި 3,425.5 މިލިއަން ރުފިޔާ އަދި ޑޮލަރު ބޮންޑުގެ ގޮތުގައި 13,089.4 މިލިއަން ރުފިޔާ ހިމެނެ އެވެ. މީގެ އިތުރުން އިސްލާމިކް ފައިނޭންސްގެ އުސޫލުތަކުގެ މަތިން 5,9 ބިލިއަން ރުފިޔާގެ އިންސްޓްރުމަންޓްސް ވަނީ ވިއްކާފައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.