އެންމެ ރައްކާތެރި އައްޑަނައަކީ ސައްތަ އިންސައްތަ އިސްލާމީ ދައުލަތެއްގެ ގޮތުގައި ދެމިއޮތުން: ރައީސް

ރައީސް ވިދާޅުވީ ދިވެހީންގެ ފަރުދީ، އިޖުތިމާއީ އަދި ގައުމީ ހަޔާތަށް އިސްލާމްދީން ގެނެސްދިން ރައްކާތެރިކަމަކީ ދަރީންނަށް ފޯރުވައިދޭންޖެހޭ މުހިންމު ހަގީގަތްތަކެއް ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު

ރާއްޖޭގެ ސަގާފީ ސިޔާދަތާއި މިނިވަންކަމުގެ ފުރާނައަކީ އިސްލާމްދީން ކަމަށާއި، ގައުމަށް އޮތް އެންމެ ރައްކާތެރި އައްޑަނައަކީ ސައްތަ އިންސައްތަ އިސްލާމީ ދައުލަތެއްގެ ގޮތުގައި ދެމިއޮތުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރާއްޖެ އިސްލާމްވިތާ 900 ފުރުން ފާހަގަކުރުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ދިވެހީންގެ ފަރުދީ، އިޖުތިމާއީ އަދި ގައުމީ ހަޔާތަށް އިސްލާމްދީން ގެނެސްދިން ރައްކާތެރިކަމަކީ ދަރީންނަށް ފޯރުވައިދޭންޖެހޭ މުހިންމު ހަގީގަތްތަކެއް ކަމަށެވެ. 

އަދި ދިވެހީންގެ ފަރުދީ، އިޖުތިމާއީ އަދި ގައުމީ ހަޔާތަށް އިސްލާމްދީން ގެނެސްދިން ރައްކާތެރިކަމުގެ ސަބަބުން ދިވެހި މުޖުތަމައަކީ އަމާން، އިތުބާރު ބޮޑު މުޖުތަމައަކަށް ބަދަލުވެގެންދިޔަ ކަމަށް، އިސްލާމީ ޝަރީއަތުގެ މައިގަނޑު ފަސް މަގުސަދުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، އިސްލާމްދީން އައުމުގެ ކުރިން ދިވެހި މުޖުތަމައުގައި އޮތް ޝިރުކުގެ އަނދިރިކަމާއި އިޖުތިމާއީ ނަހަމަކަން ނައްތާލައި، ހުރިހާ އިންސާނުންނަކީ މާތް ﷲގެ ހަޟްރަތުގައި ހަމަހަމަ ބައެއްކަމުގެ ހަގީހަތް ދިވެހީންގެ ހިތްތަކަށް ފޯރުވައިދިނީ އިސްލާމީ ހިދާޔަތުން ކަމަށެވެ. އަދި އިންސާނީ ފުރާނައިގެ ހުރުމަތް ކަށަވަރުކޮށްދީ، އަބުރުވެރިކަމާއި މުދަލުގެ ރައްކާތެރިކަން ދިވެހީންނަށް ލިބިގެންދިޔައީ މި މާތް ދީނުގެ ސަބަބުންކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ހާއްސަކޮށް ބުއްދި ރައްކާތެރިކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، މަސްތުވާތަކެއްޗަކީ މުޅި މުޖުތަމައު އާއި އާއިލާތައް ހަލާކުކޮށްލާ ބޮޑު މުސީބާތެއްކަމުގައި ރައީސް ފާހަގަކުރެއްވި އެވެ. 

އިސްލާމީ ތަރުބިއްޔަތުގައި ހިފަހައްޓައިގެން މެނުވީ އެފަދަ ނުރައްކާތަކުން ގައުމު ސަލާމަތް ނުކުރެވޭނެ ކަމަށާއި، ބުއްދީގެ އިސްލާހާއެކު އުފެއްދުންތެރި، ހިކުމަތްތެރި ޖީލެއް ބިނާކުރުމަށް އެންމެން ގުޅިގެން މަސައްކަތްކުރަންޖެހޭ ކަމުގައި ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.