އޭނާ ހައްޔަރު ކޮށްފައި ވަނީ މިސްކިތް ތެރެއަށް ބޮޑުކަމު ގޮސް، މުޅިތަން ނަޖިސް ކޮށްފައިވާތީ، އެކަމުގެ ތުހުމަތުގަ އެވެ.

ފުލުހުން ބުނީ މިމަހުގެ 10 ވަނަ ދުވަހު ފަތިހު 4:14 ހާއިރު ފުރުގާން މިސްކިތަށް ވަދެ، މިސްކިތުގެ ހުރުމަތް ކެނޑީފަދަ އިޖުތިމާއީ މިންގަނޑުތަކާ ހިލާފު އަމަލުތަކެއް ހިންގި މައްސަލައިގައި މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.
މި މައްސަލައިގައި ހައްޔަރު ކޮށްފައި ވަނީ ގ. މާލެހިޔާ 2 02-13 / މާލެ، ނައުޝާދު މޫސާ 32، އެވެ.
އޭނާ ހައްޔަރު ކޮށްފައި ވަނީ މިސްކިތް ތެރެއަށް ބޮޑުކަމު ގޮސް، މުޅިތަން ނަޖިސް ކޮށްފައިވާތީ، އެކަމުގެ ތުހުމަތުގަ އެވެ.
ފުލުހުން ބުނީ އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 15 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ. މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.