ލަންކާ ރުފިޔާގެ އަގު ޑޮލަރާ އަޅާބަލާއިރު %5.7 ދަށަށް

ސެންޓްރަލް ބޭންކުން ހާމަކޮށްފައިވާ ގޮތުގައި އޮގަސްޓް މަހުގެ 28 ވަނަ ދުވަހާ ހަމައަށް، އަހަރުގެ މިހާތަނަށް ޑޮލަރާ އަޅާބަލާއިރު ރުޕީސްގެ އަގު ވެއްޓިފައިވާ މިންވަރު ހުރީ 5.7 އިންސައްތައިގަ އެވެ.

ސްރީލަންކާގެ ރައީސަށް ރަސްމީކޮށް މަރުހަބާ ދެންނެވުމުގެ ރަސްމިއްޔާތު. --ފޮޓޯ: ރައީސް އޮފީސް

ސްރީލަންކާގެ ސެންޓްރަލް ބޭންކު (ސީބީއެސްއެލް) އިން އެންމެ ފަހުން އާންމުކޮށްފައިވާ 'ވީކްލީ އިކޮނޮމިކް އިންޑިކޭޓަރސް' އިން ދައްކާ ގޮތުގައި، 2026 ވަނަ އަހަރުގެ މިހާތަނަށް އެމެރިކާ ޑޮލަރާ އަޅާބަލާއިރު ސްރީލަންކާ ރުޕީސްގެ އަގު ވަނީ 5.7 އިންސައްތަ ދަށަށް ގޮސްފައެވެ. 

ސެންޓްރަލް ބޭންކުން ހާމަކޮށްފައިވާ ގޮތުގައި އޮގަސްޓް މަހުގެ 28 ވަނަ ދުވަހާ ހަމައަށް، އަހަރުގެ މިހާތަނަށް ޑޮލަރާ އަޅާބަލާއިރު ރުޕީސްގެ އަގު ވެއްޓިފައިވާ މިންވަރު ހުރީ 5.7 އިންސައްތައިގަ އެވެ. މި ހަފްތާގެ ތެރޭގައި ލޯނު ދޫކުރާ ރޭޓްތައް ވަނީ މައްޗަށް ގޮސްފައެވެ. އެގޮތުން 'އެވަރެޖް ވޭޓެޑް ޕްރައިމް ލެންޑިންގ ރޭޓް' ވަނީ ނުވަ ބޭސިސް ޕޮއިންޓް މައްޗަށް ގޮސް 10.95 އިންސައްތައަށް އަރާފައެވެ. އަދި 'އެވަރެޖް ވޭޓެޑް ކޯލް މަނީ ރޭޓް' ވެސް ވަނީ އޭގެ ކުރީ ހަފްތާ ނިމުނުއިރު ހުރި 8.81 އިންސައްތައިން 8.84 އިންސައްތައަށް އުފުލިފައެވެ.

އެތެރޭގެ މަނީ މާކެޓުގައި ފައިސާގެ ތަނަވަސްކަން (ލިކުއިޑިޓީ) އިތުރުވެފައިވާއިރު، އޮގަސްޓް 28 ވަނަ ދުވަހުގެ ނިޔަލަށް މާކެޓްގެ ޖުމްލަ ލިކުއިޑިޓީ ވަނީ 318.13 ބިލިއަން ރުޕީސްއަށް އަރާފަ އެވެ. މިއީ އޭގެ ކުރީ ހަފްތާގެ ނިޔަލަށް ހުރި 278.51 ބިލިއަން ރުޕީސްއާ އަޅާބަލާއިރު އިތުރުވުމެކެވެ.

ކޮލަމްބޯ ސްޓޮކް މާކެޓަށް ބަލާއިރު، މި ހަފްތާގައި ވަނީ ދަށްވުމެއް ރެކޯޑްކުރެވިފައެވެ. އެގޮތުން 'އޯލް ޝެއަރ ޕްރައިސް އިންޑެކްސް' (އޭއެސްޕީއައި) ވަނީ 0.47 އިންސައްތަ ދަށަށްގޮސް 21,315.91 ޕޮއިންޓަށް ވެއްޓިފައެވެ. އަދި 'އެސްއެންޑްޕީ އެސްއެލް20' ވަނީ 0.38 އިންސައްތަ ދަށްވެ 6,005.34 ޕޮއިންޓަށް ވެއްޓިފައެވެ. ބޭރުގެ އިންވެސްޓަރުން ގަނެފައިވާ ޓްރެޜަރީ ބިލާއި ޓްރެޜަރީ ބޮންޑުގެ ނިސްބަތް (ރުޕީސްއިން މިނާނަމަ)، މި ރިޕޯޓިންގ ހަފްތާގެ ތެރޭގައި ވަނީ ގާތްގަނޑަކަށް 3.98 އިންސައްތަ އިތުރުވެފަ އެވެ. އަދި ޓްރެޜަރީ ބިލާއި ބޮންޑުގެ އޮކްޝަންތަކަށް ޑިމާންޑް ބޮޑުވެ، ވިއްކަން ހުޅުވާލި ވަރަށްވުރެ ގާތްގަނޑަކަށް 2.9 ގުނަ އަދި 4.7 ގުނަ އިތުރަށް އިންވެސްޓަރުން ވަނީ ހުށަހަޅާފައެވެ (އޯވަރސަބްސްކްރައިބް ވެފައެވެ).

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.