މި ހުށަހެޅިފައިވާ އެއްބަސްވުމުގެ ދަށުން، ދިވެހިންނަށާއި ބެލަރޫސްގެ ރައްޔިތުންނަށް ވިސާއާ ނުލައި ދެ ގައުމަށް އެތެރެވެ، ބޭރުވެ އަދި ޓްރާންސިޓް ކުރެވޭނެ އެވެ.

ދިވެހި ދަރިވަރުން ގިނަ އަދަދަކަށް ކިޔަވަނދާ ބެލަރޫސް އާއި ރާއްޖެއާ ދެމެދު ވިސާއާ ނުލައި ދަތުރުކުރެވޭ ގޮތް ހަދައިފި އެވެ.
ބެލަރޫސް އާއި ރާއްޖެއާ ދެމެދު ވިސާއާ ނުލައި ދަތުރުކުރެވޭ ގޮތް ހެދުމަށް އެކުލަވާލާފައިވާ އެއްބަސްވުމުގެ ޑްރާފްޓް، ބެލަރޫސްގެ ރައީސް އަލެކްސެންޑާ ލުކަޝެންކޯ ވަނީ ފާސްކުރައްވައިފަ އެވެ.
މި ހުށަހެޅިފައިވާ އެއްބަސްވުމުގެ ދަށުން، ދިވެހިންނަށާއި ބެލަރޫސްގެ ރައްޔިތުންނަށް ވިސާއާ ނުލައި ދެ ގައުމަށް އެތެރެވެ، ބޭރުވެ އަދި ޓްރާންސިޓް ކުރެވޭނެ އެވެ. މިގޮތަށް ކުރާ ކޮންމެ ދަތުރެއްގައި ގިނަވެގެން 30 ދުވަހު މަޑުކުރެވޭނެއެވެ. ނަމަވެސް، މީލާދީ އެއް އަހަރުގެ ތެރޭގައި ޖުމްލަ 90 ދުވަހަށް ވުރެ ގިނައިން ނުހުރެވޭނެ ގޮތަށް ވަނީ ކަނޑައަޅާފަ އެވެ.
މި ޑްރާފްޓް ފާސްކުރި ނަމަވެސް، މިއީ އަދި އަމަލުކުރަން ފަށާފައިވާ ނިންމުމެއް ނޫނެވެ. ބެލަރޫސްގެ ރިޔާސީ ގަރާރު ނަންބަރު 311 ގެ ދަށުން މިހާރު ވަނީ ދިވެހި ސަރުކާރާއެކު މިކަމުގެ މަޝްވަރާތައް ކުރިއަށް ގެންގޮސް، އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު އެގައުމުގެ ފޮރިން މިނިސްޓްރީއަށް ދީފަ އެވެ. މި އެއްބަސްވުން ވުޖޫދަށް އައުމުން، މެޑިސިން ފަދަ ދާއިރާތަކުން މަތީ ތައުލީމު ހާސިލުކުރުމަށް ބެލަރޫސްއަށް ދާ ދިވެހި ކިޔަވާކުދިންނަށާއި އާންމު ދަތުރުވެރިންނަށް ބޮޑެތި ލުއިތަކެއް ލިބިގެންދާނެ އެވެ. ހަމައެއާއެކު، ބެލަރޫސްގެ ފަތުރުވެރިންނަށް ރާއްޖެ އައުމަށް ފަސޭހަވެ، ރާއްޖޭގެ ފަތުރުވެރިކަމަށާއި ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުމަށްވެސް މީގެ ހެޔޮ އަސަރު ކުރާނެ އެވެ.
މި އެއްބަސްވުން ވުޖޫދަށް އައުމުން، މެޑިސިން ފަދަ ދާއިރާތަކުން މަތީ ތައުލީމު ހާސިލުކުރުމަށް ބެލަރޫސްއަށް ދާ ދިވެހި ކިޔަވާކުދިންނަށާއި، އާންމު ދަތުރުވެރިންނަށް ބޮޑެތި ލުއިތަކެއް ލިބިގެންދާނެއެވެ. ހަމައެއާއެކު، ބެލަރޫސްގެ ފަތުރުވެރިންނަށް ރާއްޖެ އައުމަށް ފަސޭހަވެ، ރާއްޖޭގެ ފަތުރުވެރިކަމަށާއި ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުމަށްވެސް މީގެ ހެޔޮ އަސަރު ކުރާނެ އެވެ.
މިފަދަ އެއްބަސްވުމެއް އެކުލަވާލުމުގެ މަސައްކަތް މި ފެށުނީ ދެ ގައުމުގެ ދެމެދުގައި ސިޔާސީ އަދި އިގުތިސާދީ ގުޅުން ބަދަހިކުރުމަށް ފަހަކަށް އައިސް ކުރެވުނު މަސައްކަތްތަކަކަށް ފަހުގަ އެވެ. މިގޮތުން، މިދިޔަ ފެބްރުއަރީ މަހުގެ 3 ވަނަ ދުވަހު ދިވެހި ފޮރިން މިނިސްޓްރީގެ އިސް ބޭފުޅުން ވަނީ ބެލަރޫސްގެ ވެރިރަށް މިންސްކްއަށް ވަޑައިގެން، އެގައުމުގެ ފަސްޓް ޑެޕިއުޓީ ފޮރިން މިނިސްޓަރ ސަރްގޭ ލުކަޝެވިޗް އާ ބައްދަލުކުރައްވާފައެވެ. ބެލަރޫސްގެ ފޮރިން މިނިސްޓްރީން ސިފަކުރި ގޮތުގައި މިއީ ދެ ގައުމުގެ ދެމެދުގައި ބޭއްވުނު މިފަދަ އެންމެ މަތީ ފެންވަރުގެ ފުރަތަމަ ބައްދަލުވުމެވެ.
މި ބައްދަލުވުމުގައި ފަތުރުވެރިކަމާއި، ސިއްހީ އަދި ތައުލީމީ ދާއިރާގެ އިތުރުން ކާބޯތަކެއްޗާއި މެޝިނަރީ ފޯރުކޮށްދިނުމާ ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ.
ބެލަރޫސް އިން ވަނީ ޔޫރަޕްގެ 38 ގައުމެއްގެ ރައްޔިތުންނަށް 2026 ވަނަ އަހަރުގެ ނިޔަލަށް ވަގުތީ ގޮތުން ވިސާއާ ނުލައި އެތެރެވެވޭ ގޮތް ހަމަޖައްސާފައެވެ. ނަމަވެސް ރާއްޖެއާއެކު މި ގާއިމުކުރެވޭ އެއްބަސްވުމަކީ ދެ ގައުމުގެ ދެމެދުގައި ރަސްމީކޮށް ހެދޭ، ދެ ފަރާތަށް ވެސް ވިސާގެ ލުއިކަން ލިބިދޭ ދާއިމީ އެއްބަސްވުމެކެވެ.