ބިލް ކްލިންޓަނަށް ތައްޔާރުކޮށްފައިވާ މި ލިޔުމުގައި ކެމިކަލް ހަތިޔާރު ހޯދަން ޓެރަރިސްޓުން މަސައްކަތްކުރާކަން ފާހަގަކޮށް، ބިން ލާދިންއާއި އެހެނިހެން ހައްދުފަހަނައަޅާފައިވާ ފަރާތްތަކުގެ ވާހަކަ ބަޔާންކޮށްފައިވެ އެވެ.

އެމެރިކާއަށް ސެޕްޓެމްބަރު 11 ގައި ދިން ޙަމަލާތަކުގެ ކުރިންނާއި ފަހުން އުސާމާ ބިން ލާދިން އަދި އަލް-ޤައިދާއާ ގުޅޭގޮތުން އެމެރިކާގެ އިންޓެލިޖެންސުން އެއްކޮށްފައިވާ މަޢުލޫމާތުތައް ހިމެނޭ ގިނަ ޢަދަދެއްގެ ސިއްރު ލިޔެކިޔުން ތަކެއް އާންމުކޮށްފިއެވެ.
މި ލިޔެކިޔުންތައް އާންމުކޮށްފައިވަނީ 2001 ވަނަ އަހަރުގެ ސެޕްޓެމްބަރު 11 ގައި ދިން ޓެރަރިސްޓް ޙަމަލާތަކަށް 25 އަހަރު ފުރެން ކައިރިވެފައި ވަނިކޮށެވެ. މީގެ ތެރޭގައި އެމެރިކާގެ ރައީސަށް ކޮންމެ ދުވަހަކު އަރުވާ ޖާސޫސީ މަޢުލޫމާތުތަކާއި (ޕްރެޒިޑެންޝަލް ޑެއިލީ ބްރީފިންގްސް) ކްލިންޓަން އަދި ޖޯޖް ޑަބްލިއު ބުޝްގެ ސަރުކާރުގެ އިސް އޮފިޝަލުންނާ ކުރެވިފައިވާ އިންޓަވިއުތައް ހިމެނެއެވެ.
މި ލިޔެކިޔުންތަކުން، ޙަމަލާގެ ކުރިން ޤައުމީ ސަލާމަތާބެހޭ މާހިރުން ބިން ލާދިންއާއި އޭނާގެ ވިއުގަ ގާތުން ބަލަމުންދިޔަ ގޮތާއި، އެމެރިކާއަށް އޮތް ނުރައްކާތަކާމެދު ކަންބޮޑުވުން ފާޅުކޮށްފައިވާ މިންވަރު ހާމަވެގެންދެއެވެ.
ސީއައިއޭގެ ޑިރެކްޓަރ ޖޯން ރެޓްކްލިފް ވިދާޅުވި ގޮތުގައި މިއީ އާދަޔާޚިލާފު ހާމަކަންބޮޑު މަސައްކަތެކެވެ އަދި މިއީ އެމެރިކާގެ އިސްވެރިންނަށް އިންޓެލިޖެންސް އިދާރާތަކުން ތައްޔާރުކޮށްފައިވާ މިފަދަ ސިއްރު ލިޔެކިޔުންތަކެއް އެއްފަހަރާ އާންމުކުރި އެންމެ ފުރަތަމަ ފަހަރުކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.
އާންމުކުރެވުނު ލިޔެކިޔުންތަކުގެ ތެރޭގައި ހިމެނޭ މުހިންމު ބައެއް ކަންކަން
ފެބްރުއަރީ 1998 ގެ ރިޕޯޓު - އޭރުގެ ރައީސް ބިލް ކްލިންޓަނަށް ތައްޔާރުކޮށްފައިވާ މި ލިޔުމުގައި ކެމިކަލް ހަތިޔާރު ހޯދަން ޓެރަރިސްޓުން މަސައްކަތްކުރާކަން ފާހަގަކޮށް، ބިން ލާދިންއާއި އެހެނިހެން ހައްދުފަހަނައަޅާފައިވާ ފަރާތްތަކުގެ ވާހަކަ ބަޔާންކޮށްފައިވެ އެވެ.
ސެޕްޓެމްބަރު 12، 2001 ގެ ލިޔުން - މި ލިޔުމުގައިވާ ގޮތުން އެ ހަމަލާތައް ރާވަމުންދިޔަތާ ދެ އަހަރު ވެފައިވާކަމަށާއި، އެމެރިކާގެ ޤާނޫނުހަދާ މަޖިލިސް (ޔޫ.އެސް ކެޕިޓަލް) އަކީވެސް ޙަމަލާދޭން ކަނޑައަޅާފައިވާ ތަނެއްކަން ހާމަކޮށްފައިވެ އެވެ.