ތެޔޮއުފުލާ މި ދެ ބޯޓަކީ ވަރަށް ބާވެފައިވާ ދެ ބޯޓުކޮށް ފާހަގަކޮށް އެމްއެންޑީއެފުން ބުނެފައި ވަނީ މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް ރޭގެ ވަގުތެއްގައި ދެ ބޯޓު ވެސް އަޑިއަށް ގޮސްފައިވާ ކަމަށެވެ.

މޫސުން ގޯސްވެ، ނަގިލި ކަނޑައިގެން ގޮސްގެން ބުރާސްފަތި ދުވަހުގެ ރޭގެ ވަގުތެއްގައި ސިނަމާލެ ބްރިޖަށް ލައްވި ދެ އުޅަނދު އޮޔާ ދިއުމަށްފަހު އަޑިއަށް ހިނގައްޖެ އެވެ.
އެމްއެންޑީއެފުން ރޭ ބުނީ މާލެ ބަނދަރުގައި އޮއްވައި ސިނަމާލެ ބްރިޖު ދަށުން އޮޔާ ދިޔަ ދެ ބޯޓުގައި ތިބި ނުވަ ފަޅުވެރިން ސަލާމަތް ކޮށްފައިވާ ކަމަށެވެ.
ތެޔޮއުފުލާ މި ދެ ބޯޓަކީ ވަރަށް ބާވެފައިވާ ދެ ބޯޓުކޮށް ފާހަގަކޮށް އެމްއެންޑީއެފުން ބުނެފައި ވަނީ މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް ރޭގެ ވަގުތެއްގައި ދެ ބޯޓު ވެސް އަޑިއަށް ގޮސްފައިވާ ކަމަށެވެ.
ދޫނިދޫ އާއި މާލެއާ ދެމެދު އަޅާފައި އޮތް އެ ދެ ބޯޓު އޮޔާ ދިޔައީ އައި ބާރުގަދަ ކޮޅިގަނޑެއްގައި ނަގިލި ކަނޑައިގެން ގޮސްގެންނެވެ. މި ދެ ބޯޓު އޮޔާ ގޮސް ބްރިޖުގެ ތަނބެއްގައި ޖެހުނު ނަމަވެސް، ބްރިޖަކަށް އެއްވެސް ގެއްލުމެއް ނުލިބެ އެވެ.