24 ގަޑިއިރުތެރޭ އައްޑޫއަށް 183 މިލިލީޓަރުގެ ވާރޭ

އެ އިދާރާއިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އިއްޔެ ހެނދުނު 8:00 އިން މިއަދު ހެނދުނު 8:00 އާ ހަމައަށް އެންމެ ގިނައިން ވާރޭ ވެހިފައި ވަނީ އައްޑޫ އަށެވެ.

އައްޑޫގައި އެމްއެންޑީއެފުން ފެން ހިންދުމުގެ މަސައްކަތް ކުރަނީ --

މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގައި އައްޑޫ ސިޓީގެ ގަމަށް ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 183 މިލިލީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެފި އެވެ.

އެ އިދާރާއިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އިއްޔެ ހެނދުނު 8:00 އިން މިއަދު ހެނދުނު 8:00 އާ ހަމައަށް އެންމެ ގިނައިން ވާރޭ ވެހިފައި ވަނީ އައްޑޫ އަށެވެ. އެ ސިޓީގެ ހިތަދޫއަށް 80.9 މިލިލީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް ވަނީ ރެކޯޑުކޮށްފަ އެވެ.

މިކުރާ ވިއްސާރައިގައި، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ތިނަދޫ ސިޓީއަށް 87.6 މިލިލީޓަރުގެ ވާރޭ ވެހިފައިވާއިރު، ފުވައްމުލަކު ސިޓީއަށް 69 މިލިލީޓާރުގެ ވާރޭ ވަނީ ވެހިފަ އެވެ.

އަދި މާލެ ސަރަހައްދަށް ބަލާއިރު، ހުޅުމާލެއަށް 86.4 މިލިލީޓަރުގެ ވާރޭ ވެހިފައިވާއިރު، މާލެއަށް 61.9 އަދި ހުޅުމާލެ އަށް 51.2 މިލިލީޓަރުގެ ވާރޭ ވަނީ ވެހިފަ އެވެ.

މިހާރު ކުރަމުންދާ ވިއްސާރައިގައި އައްޑޫގެ ގެއެއްގައި ފެންބޮޑުވެފައި --

ވޭތިވެދިޔަ 24 ގަޑިއިރު ތެރޭގައި ހާއްސަކޮށް ރާއްޖޭގެ ދެކުނަށް ކުރި ގަދަ ވިއްސާރައިގައި މަގުތަކުގައި ފެންބޮޑުވެ، ގޭގެއަށް ފެންވަދެފައިވެ އެވެ.

އެގޮތުން އިއްޔެ އައްޑޫ ސިޓީގެ ފޭދޫގެ 30 އަށްވުރެ ގިނަ ގެއަށް ފެންވަދެ، ވަނީ ރިޕޯޓުކޮށްފަ އެވެ. އަދި އޭގެތެރެއިން ހާއްސަ އެހީއަށް ބޭނުންވާ ދެ މީހަކު ހިމެނޭހެން އަށް މީހަކު ދިރިއުޅޭ ގެއެއްގައި ނޫޅޭވޭ ވަރަށް ފެންބޮޑުވެފައި ވާތީ ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް (އެންޑީއެމްއޭ) އިން ވަނީ އެމީހުންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފަ އެވެ.

އެމްއެންޑީއެފުން މިހާރުން ވެސް ދަނީ މާލެ އާއި ސިޓީތައް ހިމެނޭހެން ފެންބޮޑުވެފައިވާ ރަށްރަށުގައި ފެން ހިންދުމުގެ މަސައްކަތް ކުރަމުންނެވެ. 

މެޓް އޮފީހުން މިއަދު ވަނީ ބޮޑު ސަރަހައްދަކަށް މޫސުމާ ބެހޭ އެލާޓް ނެރެފަ އެވެ. އެގޮތުން ކ. އަތޮޅުން ފެށިގެން އދ. އަތޮޅަށް ޔެލޯ އެލާޓް ނެރެފައިވާއިރު، ރާއްޖޭގެ އެންމެ ދެކުނަށް ވަނީ ވައިޓް އެލާޓް ނެރެފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.