ބާސެލާސް ނަސަންދުރަ ހޮޓެލްގައި ބޭއްވި ހާއްސަ ނައިޓްގައި މި އެމްޑަބްލިޔުއެސްސީ އަށް ލިބުނު އެވޯޑްތަކާ ހަވާލުވަޑައިގަތީ އެ ކުންފުނީގެ އެމްޑީ ހުސެއިން ފަހުމީ އެވެ.

ރާއްޖޭގައި ގައުމީ ފެންވަރުގައި އިންޖިނޭރުން އަގު ވަޒަން ކުރަން ފުރަތަމަ ދިން އެވޯޑުގައި ގައުމީ ފެން ކުންފުނި، މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އަށް ދެ އެވޯޑެއް ލިބިއްޖެ އެވެ.
ބާސެލާސް ނަސަންދުރަ ހޮޓެލްގައި ބޭއްވި ހާއްސަ ނައިޓްގައި މި އެމްޑަބްލިޔުއެސްސީ އަށް ލިބުނު އެވޯޑްތަކާ ހަވާލުވަޑައިގަތީ އެ ކުންފުނީގެ އެމްޑީ ހުސެއިން ފަހުމީ އެވެ. އެވޯޑްތައް ހަވާލު ކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.
ސަސްޓެއިނަބިލިޓީ ޗެމްޕިއަން އެވޯޑް - މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) މިއީ އިޔާދަކުރަނިވި ހަކަތައާއި ނޭސް ބެޓެރި ބޭނުންކޮށްގެން ކާބަން މަދުކޮށް މޫދުލޮނު މީރުފެނަށް ބަދަލުކުރުމުގެ ނިޒާމެއް ޤާއިމުކުރުމުގެ ޕްރޮޖެކްޓަށް ދިން އެވޯޑެކެވެ.
ކޮމިއުނިޓީ އިމްޕެކްޓް އެވޯޑް - އެމްޑަބްލިޔުއެސްސީ މި އެވޯޑު ލިބުނީ ރ. ދުވާފަރުގައި ހިންގި އިންޓަގްރޭޓެޑް ޔޫޓިލިޓީ ސަރވިސަސް ޕްރޮޖެކްޓަށެވެ. މި މަޝްރޫޢުގެ ދަށުން ބޯފެން، ނަރުދަމާ އާއި ކުނި މެނޭޖުކުރުން، ވާރޭފެން ނެގުން އަދި އިޔާދަކުރަނިވި ހަކަތައިގެ ހިދުމަތް ވަނީ ފޯރުކޮށްދީފަ އެވެ.