އިންޖިނިއާ އެވޯޑްސް | އަހަރުގެ މޮޅު އިންޖިއަރަކަށް ޑރ. ފުރުޤާން

ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ތިން ފަރާތަކަށް އަރުވާފައިވެ އެވެ. މި ފަރާތްތަކުން ވަނީ އިންޖިއަރިން ދާއިރާއަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފަ އެވެ.

ޑރ. ފުރުޤާން އިބްރާހީމް އަށް ރައީސް ޑރ. މުއިއްޒު އެވޯޑު ހަވާލު ކޮށްދެއްވަނީ -- ރައީސް އޮފީސް

ރާއްޖޭގެ އިންޖިރޭރުންގެ އަގު ވަޒަން ކުރަން ސަރުކާރުން އަލަށް ތައާރަފު ކުރި "އިންޖިއާ އެވޯޑްސް" ގެ އެންމެ ޝަރަފުވެރި އެވޯޑް ޑރ. ފުރުޤާން އިބްރާހީމް އަށް ލިބިއްޖެ އެވެ. 

އެވޯޑު ދިނުމުގެ މަގުސަދު - އިންޖިއަރިން އެވޯޑް ދިނުމުގެ ބޭނުމަކީ ގައުމީ ތަރައްގީއަށާއި އިންޖިނިއަރިންގެ ދާއިރާއަށް ފާހަގަކޮށްލެވޭ ފަދަ މުހިންމު ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ސަރުކާރުން އަލަށް ތައާރަފުކު "އިންޖިނިއަރސް އެވޯޑްސް 2026" ގެ އެވޯޑު ދިނުމުގެ ހަފުލާ އެވެ. 


ބާސެލޯ ނަސަންދުރާ މޯލްޑިވްސްގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި އެވޯޑުތައް ހާސިލުކުރި ފަރާތްތަކަށް އެވޯޑު ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެވެ. މި ހަފުލާގައި އެންމެ ޝަރަފުވެރި އެއް އެވޯޑް ކަމަށްވާ އިންޖިނިއަރިން އިނޮވޭޝަން ޓެކްނޮލޮޖީ އެޑިއުކޭޝަން އެންޑް ރިސާޗް އެވޯޑް އަދި އިންޖިނިއާ އޮފް ދަ އިޔާ ލިބުނީ ޑރ. ފުރުޤާން އިބްރާހީމް އަށެވެ. 

ޑރ. ފުރުގާންއަކީ އިންޖިނިއަރިން އާއި ރިސާޗް އަދި ހަކަތަ އާއި މެނޭޖްމަންޓްގެ ދާއިރާއިން 20 އަހަރަށްވުރެ ދިގު މުއްދަތެއްގައި ކޮށްދެއްވާފައިވާ ހިދުމަތްތެރިއެކެވެ. ފުރުގާން ހިދުމަތް ކުރެއްވި ދާއިރާރަކުގެ ތެރޭގައި އިޔާދަކުރަނިވި ހަކަތައާއި ފެން އުފައްދާ ނިޒާމުތަކާއި އިންޖިނިއަރިން ދިރާސާތަކުގެ އިތުރުން ޤައުމީ ތަރައްގީއަށް ކުރައްވާފައިވާ މުހިންމު މަސައްކަތްތައް ހިމެނެ އެވެ. ފުރުގާން ހިދުމަތް ކުރައްވަމުން ގެންދަވަނީ ގައުމީ ފެން ކުންފުނީގަ އެވެ. 

ލައިފްޓައިމް އެޗީވްމަންޓް އެވޯޑް (3 ފަރާތަކަށް)

އަބްދުއްޝަކޫރު ޞާލިހް - ކަރަންޓުގެ ދާއިރާއަށް 50 އަހަރާ ގާތްކުރާ މުއްދަތަކަށް ކޮށްދެއްވި ޚިދުމަތަށެވެ. މެކޭނިކަލް އިންޖިނިއަރެއް އަދި ސްޓެލްކޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރުގެ ހައިސިއްޔަތުން އޭނާ ވަނީ ކަރަންޓު އުފެއްދުމާއި ފޯރުކޮށްދިނުމުގެ ނިޒާމު ތަރައްޤީކުރުމުގައި މުހިންމު ދައުރެއް އަދާކުރައްވާފައެވެ.

މަރްހޫމް އަޙްމަދު މަހުރީން -
އިންޖިނިއަރިން އަދި އުމްރާނީ ތަރައްޤީއަށް 40 އަހަރަށްވުރެ ދިގު މުއްދަތެއްގައި ކޮށްދެއްވި ޚިދުމަތަށެވެ. އޭނާ ވަނީ އަމިއްލަ އަދި ސަރުކާރުގެ އިސް މަޤާމުތަކެއް ފުރުއްވައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގި އުމްރާނީ ތަރައްޤީގެ ބޮޑެތި މަޝްރޫޢުތަކުގައި މުހިންމު ހިއްސާއެއް ވެވަޑައިގެންފައެވެ.

މަރްހޫމް މުހައްމަދު ރަޝީދު - ކަރަންޓުގެ ދާއިރާ ތަރައްޤީކުރުމަށް 50 އަހަރަށްވުރެ ދިގު މުއްދަތެއްގައި ކޮށްދެއްވި ޚިދުމަތަށެވެ. ސްޓެލްކޯގެ އެޕްރެންޓިސްއެއްގެ ގޮތުގައި ފެށި މަސައްކަތުން ކުރިއަށްގޮސް، އޭނާ ވަނީ އެ ކުންފުނީގެ ޗެއަރމަން އަދި ސީއީއޯކަންވެސް ކުރައްވާފައެވެ.

އަންހެން އިންޖިނޭރުގެ އެވޯޑް އަސްރާރަށް

15 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާއާއެކު ސިވިލް އަދި ސްޓްރަކްޗަރަލް އިންޖިނިއަރިންގ އަދި ޕްރޮޖެކްޓް މެނޭޖްމަންޓަށް އޭނާ ކޮށްދެއްވާފައިވާ ޚިދުމަތްތަކަށެވެ. ގްރޭޑް 1 ގެ ލައިސަންސް އޮންނަ އަސްރާރަކީ ރާއްޖޭގެ ފުރަތަމަ އަންހެން ޗާޓަރޑް ސިވިލް އިންޖިނިއަރެވެ.

ޒުވާން އިންޖިނޭރުގެ އެވޯޑް ޒިދާންއަށް

މުޙައްމަދު ޒިދާން ޙަސަންއަކީ އިނޮވޭޝަން، ރިސަރޗް އަދި ޕްރޮފެޝަނަލް ޕްރެކްޓިސްގެ ދާއިރާއިން ކުރި މަސައްކަތްތަކަށެވެ. ޚާއްޞަކޮށް އެޗްވީއޭސީ  ޓެކްނޮލޮޖީއަށް ގެނައި އައު އީޖާދުތަކާއި ބޮޑެތި ޕްރޮޖެކްޓްތަކަށް އޭނާ ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

ސްޓޫޑެންޓް އިނޮވޭޓަރ އެވޯޑް ޙުސައިން ޖައުޝަން

މެލޭޝިއާގައި މެކޭނިކަލް އިންޖިނިއަރިން ކިޔަވަމުންދާ ޖައުޝަންއަށް މި އެވޯޑު ދީފައިވަނީ، ހެލްތްކެއާ އިނޮވޭޝަން، އާޓިފިޝަލް އިންޓެލިޖެންސް އަދި އިންޖިނިއަރިން ދިރާސާތަކުގެ ތެރެއިން ޢަމަލީ މައްސަލަތަކަށް އޭނާ ހޯދައިދިން އިންޖިނިއަރިން ހައްލުތަކަށެވެ.

ކުންފުނިތަކަށް ދެވުނު އެވޯޑުތައް

ސަސްޓެއިނަބިލިޓީ ޗެމްޕިއަން އެވޯޑް - މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) މިއީ އިޔާދަކުރަނިވި ހަކަތައާއި ނޭސް ބެޓެރި ބޭނުންކޮށްގެން ކާބަން މަދުކޮށް މޫދުލޮނު މީރުފެނަށް ބަދަލުކުރުމުގެ ނިޒާމެއް ޤާއިމުކުރުމުގެ ޕްރޮޖެކްޓަށް ދިން އެވޯޑެކެވެ.

ކޮމިއުނިޓީ އިމްޕެކްޓް އެވޯޑް - އެމްޑަބްލިޔުއެސްސީ މި އެވޯޑު ލިބުނީ ރ. ދުވާފަރުގައި ހިންގި އިންޓަގްރޭޓެޑް ޔޫޓިލިޓީ ސަރވިސަސް ޕްރޮޖެކްޓަށެވެ. މި މަޝްރޫޢުގެ ދަށުން ބޯފެން، ނަރުދަމާ އާއި ކުނި މެނޭޖުކުރުން، ވާރޭފެން ނެގުން އަދި އިޔާދަކުރަނިވި ހަކަތައިގެ ހިދުމަތް ވަނީ ފޯރުކޮށްދީފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.