މިރޭ 9:00 ޖަަހަން އުޅެނިކޮށް އައި ގަދަ ކޮޅިގަނޑުގައި ވަނީ އާދަޔާ ހިލާފަށް ގަދައަށް ވައި ޖެހިފަ އެވެ. އެ ހާދިސާގެ ރިޕޯޓު ފުލުހުންނާއި ކޯސްޓުގާޑަށް ހުށަހަޅާފައިވަނީ މިރޭ 10:00 ހާއިރެވެ.

މޫސުން ގޯސްވެ މިރޭ އައި ގަދަ ކޮޅިގަނޑުގައި ނަގިލި ކަހާލައިގެން އާގު ބޯޓެއް އައިސް ސިނަމާލެ ބްރިޖަށް އުރިއްޖެ އެވެ.
މިރޭ 9:00 ޖަަހަން އުޅެނިކޮށް އައި ގަދަ ކޮޅިގަނޑުގައި ވަނީ އާދަޔާ ހިލާފަށް ގަދައަށް ވައި ޖެހިފަ އެވެ. އެ ހާދިސާގެ ރިޕޯޓު ފުލުހުންނާއި ކޯސްޓުގާޑަށް ހުށަހަޅާފައިވަނީ މިރޭ 10:00 ހާއިރެވެ.
ސިނަމާލެ ބްރިޖަށް އަރާފައިވަނީ ގަދަވަޔާއެކު ނަގިލި ކަނޑައިގެން ދިޔަ ބޯޓެކެބެ. މި ބޯޓު އޮޔާ ގޮސްފައިވަނީ ދޫނިދޫއާ ދިމާލުންނެވެ. އެނގިފައިވާ ގޮތުގައި ދެ ބޯޓެއް ވަނީ ނަގިލި ކަނޑަައިގެން ގޮސްފަ އެވެ. އަދި މި ދެ ބޯޓު އޮޔާދާތީ ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ.