މިނިސްޓަރު ވިދާޅުވި ގޮތުގައި ނުހެދި އަށް ރަށެއް އެބައޮތެވެ. މި ތަންތަން ނުހެދި އޮތުމުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ބޮޑު ގެއްލުމަކާ ކުރިމަތިވާކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

ޓޫރިޒަމް ތަރައްގީކުރަން ދޫކޮށް ނުހެދި 168 ތަނެއް އެބަހުރި ކަމަށާ މި ތަންތަނުން ދައުލަތަށް ނުލިބު 530 މިލިއަން ޑޮލަރު ހުރި ކަމަށް ސަރުކާރުން ބުނެފި އެވެ.
ރައީސް އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓޫރިޒަމް މިނސްޓަރު މުހައްމަދު އަމީން ވިދާޅުވީ އެކި ޒަމާންތަކުގައި ޓޫރިޒަމް ތަރައްގީ ކުރަން ދޫކޮށްފައިވާ 168 ތަނެއް އެބަހުއްޓެވެ. މީގެތެރޭގައި އަށް ރަށެއްވެސް ހިމެނޭކަން މިނިސްޓަރު އަމީން ފާހަގަ ކުރެއްވި އެވެ. ނަމަވެސް މި ތަންތަން ނުހެދި އޮތުމުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ބޮޑު ގެއްލުމަކާ ކުރިމަތިވާކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.
މިނިސްޓަރު ވިދާޅުވީ މި ތަންތަނުން ދައުލަތަށް ލިބޭނެ އާމްދަނީ އަންދާޒާ ކުރަންވެސް ދަތި ކަމަށާ ނަމަވެސް ޓޫރިޒަމް ލޭންޑް ފީފަދަ ފީތަކުން ދައުލަތަށް ނުލިބި 530 މިލިއަން ޑޮލަރު އެބަހުއްޓެވެ.
ޓޫރިޒަމް މިނިސްޓަރު އަމީން ވިދާޅުވީ މިކަމަށް ހައްލު ހޯދުމުގެ ގޮތުން" ރީ-ޑިވެލޮޕްކުރުމަށް ބަންދުކުރާ ތަންތަން ތަރައްޤީކުރުމަށް އިތުރު މުއްދަތު ދިނުމާއި، ކުއްޔާއި ޖޫރިމަނާ ފަސްކޮށްދިނުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދު" މިއަދު ވަނީ ނެރެފަ އެވެ. އަދި މި ގަވައިދުގެ ދަށުން މުއްދަތެއް ދިނުމަށްފަހު އެ ތަނެއް ސަރުކާރަށް ނެގޭނެ އެވެ.
"ވަކިބައެއްގެ އަތްމަތީގަ ރަށްތަދާއި ފަޅތައް ދީފައި ދިގު މުއްތަށް ނުހެބެއްޓޭ. ނަމަވެސް ގަބޫލު ކުރަން ހުރިހާކަމެއްގެ 100 ޕަސެންޓް ސޮލިއުޝަން ނުގެވޭނެކަން. ނަމަވެސް މި ފަށާ މި މަރުހަލާގެ ސަބަބުން އިތުރު އޮޕްޝަންތައް ޑިވްލޮޕަރުންނަށްވެސް ދެވޭނެ. މީގެ އިތުރަށް 4 ގެޓަގަރީ. ނަމަވެސް މީގައި އެއްވެސް މަސައްކަތެއް ނުކޮށް 8 އަހަރަށްވުރެ ގިނަ ދުވަސް އޮވެއްޖެނަމަ އެތަނެއް ވަގުތުން ޓާމިނޭޓް ކުރެވޭނެ،" އަމީން ވިދާޅުވި އެވެ.