މިނިސްޓަރު ވިދާޅުވި ގޮތުގައި މި އެއާލައިންތައް އަންނަ ގައުމުތަކުގެ ތެރޭގައި ރަޝިއާ އާއި ބަލްގޭރިއާ އަދި ވިއެޓްނާމް އާއި އިތިއޯޕިއާގެ އިތުރުން ފްރާންސް ހިމެނެ އެވެ.

މި އަހަރުގެ ފަހު ކުއާޓަރުގައި ހަތް އެއާލައިނެއް ރާއްޖެ އަށް ދަތުރު ފަށާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.
ރައީސް އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓޫރިޒަމާއި ސިވިލް އޭވިއޭޝަން އެއްކޮށް ބަލަހައްޓަވާ މިނިސްޓަރު ކެޕްޓަން މުހައްމަދު އަމީން ވިދާޅުވީ މި އަހަރުގެ ފަހު ކުއާޓަރުގައި ހަތް އެއާލައިނެއް ދަތުރު ފަށާނެ އެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި މި އެއާލައިންތައް އަންނަ ގައުމުތަކުގެ ތެރޭގައި ރަޝިއާ އާއި ބަލްގޭރިއާ އަދި ވިއެޓްނާމް އާއި އިތިއޯޕިއާގެ އިތުރުން ފްރާންސް ހިމެނެ އެވެ.
"މީގެތެރޭގައި ދެ އެއާލައިނެއް ހިމެނޭ ކުރިން ވެސް ރާއްޖެއަށް އައި،" އަމީން ވިދާޅުވި އެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވި ގޮތުގައި މި އަހަރު ޓާކެޓަކީ 2.5 މިލިއަން ޓޫރިސްޓުން އައުމުގެ ޓާގެޓެއް އޮތްނަމަވެސް ކުރިމަތިވި ހާދިސާތަކާއެކު އެ އަދަދަށްނައި ނަމަވެސް ގާތަށް ޓޫރިސްޓުން އަންނާނެ އެވެ.
"ބައެއް ކަންކަމަކީ އަޅުގަނޑުމެންގެ އަތްމަތީ އޮންނަ ކަންކަމެއް ނޫން. އިންޑަސްޓްރީ އާއި ސަރުކާރު ގުޅިގެން ކުރަމުން ދިޔަ މަސައްކަތުން މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ލިބެމުން ދިޔަ ގެއްލުން 24 ޕަސެންޓުން ވަނީ ދެ ޕަސެންޓަށް ކުޑަކުރެވިފަ،" އަމީން ވިދާޅުވި އެވެ.
ޓޫރިޒަމް ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ މިހާތަނަށް 1.4 މިލިއަން ޓޫރިސްޓުން ވަނީ އައިސްފަ އެވެ. މިދިޔަ އަހަރު ދެ މިލިއަން ޓޫރިސްޓުން ވަނީ އައިސްފަ އެވެ.