ކުރިއަށް އޮތް ތިން ދުވަހު މޫސުން ގޯސްވާނެ

ކުރިއަށް އޮތް ތިން ދުވަސް ކަމަށްވާ ހުކުރު، ހޮނިހިރު އަދި އާދީއްތަ ދުވަހު ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ ކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި، ގުގުރުރާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފަ އެވެ.

މޫސުން ގޯސް ދުވަހު ލޯންޗެއް ދުއްވާފައި ދަނީ --

ކުރިއަށް އޮތް ތިން ދުވަހަކީ މުޅި ރާއްޖެއަށް މޫސުން ގޯސްވާނެ ދުވަސްތަކެއް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ލަފާކޮށްފި އެވެ.

މެޓުން މިއަދު ބުނީ ހުޅަނގު މޫސުމާ ގުޅިގެން ރާއްޖެ ސަރަހައްދުގައި ގިނަ އަދަދަކަށް ވިއްސާރަ ވިލާ އުފެދެމުން ދިއުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށެވެ.

އެހެންކަމުން ކުރިއަށް އޮތް ތިން ދުވަސް ކަމަށްވާ ހުކުރު، ހޮނިހިރު އަދި އާދީއްތަ ދުވަހު ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ ކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި، ގުގުރުރާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފަ އެވެ.

މެޓް އޮފީހުން ބުނީ އާންމު ވައިޖެހޭނެ ކަމަށް ލަފާކުރެވޭނީ ހުޅަނގުދެކުނާއި ހުޅަނގުން ކަމަށެވެ. ދެކުނުގެ އަތޮޅުތަކަށް ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރު މިނުގައި އަދި އެހެން ހިސާބުތަކުގައި ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 15 މޭލާއި 22 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެނޭ ކަމަށް ލަފާކޮށްފައިވެ އެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް އެ އިދާރާއިން ބުންޏެވެ.

ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި ގަދަވާނެ އެވެ. އަދި އެހެން ހިސާބުތަކަށް ކަނޑުތައް ގަދަވާނެ އެވެ.

އެހެންކަމުން ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓުން ވަނީ އިލްތިމާސްކޮށްފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.