ބޭރު ފައިސާއާބެހޭ ގަވާއިދުގެ ދަށުން ދެ ގަވާއިދެއް އިސްލާހުކޮށް ގެޒެޓްކޮށްފި

އެމްއެމްއޭ އިން މިއަދު ނެރެފައިވާ ދެ ގަވާއިދަކީ ބޭރު ފައިސާއާބެހޭ ގާނޫނުގެ ދަށުން ރަޖިސްޓަރީ ކުރުމުގެ ގަވާއިދު އަދި ބޭރު ފައިސާއާބެހޭ އާންމު ގަވާއިދެވެ.

ރަސްމިއްޔާތުގައި އެމްއެމްއޭގެ ގަވަރުނަރު މުނައްވަރު ވާހަކަ ދައްކަވަނީ

ބޭރު ފައިސާއާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ގާނޫނުގެ ދަށުން ދެ ގަވާއިދެއް އިސްލާހުކޮށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ގެޒެޓްކޮށްފިއެވެ.

އެމްއެމްއޭ އިން މިއަދު ނެރެފައިވާ ދެ ގަވާއިދަކީ ބޭރު ފައިސާއާބެހޭ ގާނޫނުގެ ދަށުން ރަޖިސްޓަރީ ކުރުމުގެ ގަވާއިދު އަދި ބޭރު ފައިސާއާބެހޭ އާންމު ގަވާއިދެވެ. ރަޖިސްޓަރީކުރުމާ ގުޅޭ ގަވާއިދުގައި ވާގޮތުން، ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ވިޔަފާރިތަކާއި މާލީ އިދާރާތައް ފިޔަވައި މީލާދީ އަހަރެއްގެ ތެރޭގައި 25 މިލިއަން ޑޮލަރުގެ އަދަދެއް މުދާ ވިއްކައި ނުވަތަ ޚިދުމަތް ފޯރުކޮށްދީގެން ލިބޭނަމަ އެ ވިޔަފާރިއަކުން އެމްއެމްއޭގައި ރަޖިސްޓަރީ ކުރަންވާނެއެވެ.


ބޭރު ފައިސާއާބެހޭ އާންމު ގަވާއިދުގައި ބޭރު ފައިސާއިން މުއާމަލާތްކުރެވޭނެ ހާލަތްތަކާއި، އެކަންކަމަށް އޮތޯރިޓީގެ ހުއްދަ ހޯދުމުގައި އަމަލުކުރަންޖެހޭ ގޮތްތައް ބަޔާންކޮށްފައިވެއެވެ. އެ ގޮތުން، ކޮންމެ އަހަރެއް ފެށުމުގެ 30 ދުވަސް ކުރިން، ބޭރު ފައިސާއިން އަދާކުރުމަށް ބަޖެޓްކޮށްފައިވާ ޚަރަދު އޮތޯރިޓީއަށް ހުށަހަޅަންވާނެއެވެ.

މީގެ އިތުރުން، މާރުކުރަންޖެހޭ އަދަދު މުރާޖައާކޮށްދިނުމާއި ޖަމާކުރުމާއި މާރުކުރުމުގެ އިލްތިޒާމްތަކާ ގުޅިގެން ލުއި ހޯދުމަށް ހުށަހަޅާނެގޮތް ވެސް ބަޔާންކޮށްފައިވެއެވެ.

ބޭރުފައިސާއާ ބެހޭ ގާނޫނުގެ ދަށުން ލުއިދީފައިވާ ކަންތައްތައް

(1)  ބޭރު ފައިސާއިން އަދާ ކުރަންޖެހިފައިވާ ޓެކްސްއާއި ބޭރު ފައިސާއިން ސަރުކާރަށް ދައްކަންޖެހިފައިވާ އިލްތިޒާމްތައް
(2)  ދިވެހި ރާއއްޖޭގައި ހިންގާ ނުވަތަ ދިވެހި ރާއްޖޭން ބޭރުގައި ހިންގާ ބޭރުގެ މާލީ އިދާރާއަކަށް ބޭރު ފައިސާއިން އަދާ ކުރަންޖެހިފައިވާ ދަރަނި
(3)  ކޯޓު ހުކުމެއް ނުވަތަ އަމުރެއް، ނުވަތަ ޓްރައިބިއުނަލެއްގެ ނިންމުމެއް ނުވަތަ އާބިޓްރޭޝަން ފަދަ މައްސަލަ ބެލުމުގެ ނިޒާމެއްގެ ދަށުން ނިންމާފައިވާ ނިންމުމެއްގައި ދެއްކުމަށް ކަނޑައަޅާފައިވާ ބޭރުފައިސާގެ އިލްތިޒާމްތައ
(4)  އޮތޯރިޓީން ހުއްދަދެދޭ އެހެންވެސް ބޭރު ފައިސާގެ އިލްތިޒާމްތައް

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.