ސީބީއެސްގެ ރިޕޯޓަރު ޖެނިފަ 'އެކްސް' ގައި މި ޙަމަލާތަކުގައި 'ވޯތްހޮގް' ގެ ނަމުން މަޝްހޫރުވެފައިވާ އޭ-10 ތަންޑަބޯލްޓް މަރުކާގެ މަތިންދާބޯޓަކަށް ޙަމަލާ އަމާޒުވެ، އެ ބޯޓުގެ އެއް ފިޔަގަނޑު ވަނީ ވަކިވެފަ އެވެ.

އުރުދުންގެ މުވައްފަޤް ސަލްޓީ އެއާ އަސްކަރީ ބޭހަށް އީރާނުން ދިން ހަމަލާތަކެއްގައި އެމެރިކާގެ އަސްކަރީ އެތައް މަތިންދާބޯޓަކަށް ގެއްލުންތަކެއް ލިބިއްޖެ އެވެ.
އެމެރިކާ ސީބީއެސްގެ ރިޕޯޓަރު ޖެނިފަ ޖޭކޮބްސް ބުދަ ދުވަހު ސޯޝަލް މީޑިއާ ޕްލެޓްފޯމް 'އެކްސް' ގައި މި ޙަމަލާތަކުގައި 'ވޯތްހޮގް' ގެ ނަމުން މަޝްހޫރުވެފައިވާ އޭ-10 ތަންޑަބޯލްޓް މަރުކާގެ މަތިންދާބޯޓަކަށް ޙަމަލާ އަމާޒުވެ، އެ ބޯޓުގެ އެއް ފިޔަގަނޑު ވަނީ ވަކިވެފަ އެވެ.
މީގެ އިތުރުން، އެފް-15 މަރުކާގެ 8 ވަރަކަށް ބޯޓަށް ކުދި ގެއްލުން ތަކެއް ލިބިފައިވާކަމަށާއި ނަމަވެސް އެ ބޯޓުތައް މިހާރު އަލުން ބޭނުން ކުރަން ފަށާފައިވާކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.