ސްރީލަންކާގެ ފުލުހުންނާ ޙަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި މަރަދާނާއިން ނަމަކަށް ކިޔާ މި މީހާ ހައްޔަރުކޮށްފައިވަނީ ފައިނޭންޝަލް ކްރައިމްސް އިންވެސްޓިގޭޝަން ޑިވިޜަން (އެފްސީއައިޑީ) އިންނެވެ.

މުދާ އެތެރެކުރުމުގެ ނަމުގައި 80 މިލިއަން އެމެރިކާ ޑޮލަރު (ގާތްގަނޑަކަށް 23 ބިލިއަން ސްރީލަންކާ ރުޕީސް) ޤައުމުން ބޭރުގެ އެކައުންޓުތަކަށް ޓްރާންސްފަރކުރި ކަމުގެ ތުހުމަތުގައި ސްރީލަންކާގެ މަރަދާނާއަށް ނިސްބަތްވާ އުމުރުން 34 އަހަރުގެ ވިޔަފާރިވެރިއަކު ހައްޔަރުކޮށްފިއެވެ.
ސްރީލަންކާގެ ފުލުހުންނާ ޙަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި މަރަދާނާއިން ނަމަކަށް ކިޔާ މި މީހާ ހައްޔަރުކޮށްފައިވަނީ ފައިނޭންޝަލް ކްރައިމްސް އިންވެސްޓިގޭޝަން ޑިވިޜަން (އެފްސީއައިޑީ) އިންނެވެ. މި މީހާ ހައްޔަރުކޮށްފައިވަނީ 2023 ވަނަ އަހަރާއި 2025 ވަނަ އަހަރާ ދެމެދު ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ ފައިސާގެ މުޢާމަލާތްތަކަކާ ގުޅިގެންނެވެ.
ފުލުހުން ބުނާގޮތުގައި މި ވިޔަފާރިވެރިޔާ ބޭރު ގައުމުތަކަށް ފައިސާ ފޮނުވާފައިވަނީ މުދާ އެތެރެކުރުމަށް ފައިސާ ދެއްކުމުގެ ނަމުގައި ޓެލެގްރާފިކް ޓްރާންސްފާ (ޓީ/ޓީ) މެދުވެރިކޮށެވެ.