އެލައިޑުގެ ރަސްމީ އިންސްޓަގްރާމް ޕޭޖް ފޮލޯކުރުމަށްފަހު، "މިޝަން ޕީއެސް5" ގެ ކެމްޕޭން ޕޯސްޓަށް ލައިކްކޮށް އަދި ޕޯސްޓަށް ކޮމެންޓުކޮށް، 3 ރައްޓެހިން ޓެގް ކުރުމުން މި ގިވްއަވޭގައި ބައިވެރިވެވޭނެ އެވެ.

އެލައިޑް އިންޝުއަރެންސުން "މިޝަން ޕީއެސް5" ގެ ނަމުގައި އިންސްޓަގްރާމް ފޮލޯވަރުންނަށް ޕްލޭސްޓޭޝަން 5 އެއް ހޯދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މި ކެމްޕޭން ކުރިއަށްދާނީ މިމަހުގެ އަށަކުން އަންނަ މަހުގެ 30 ގެ 23:59 ގެ ނިޔަލަށެވެ.
މި ގިވްއަވޭގައި ބައިވެރިވުމަށް އިންސްޓަގްރާމް ބޭނުންކުރާ ފަރާތްތަކުން އެލައިޑުގެ ރަސްމީ އިންސްޓަގްރާމް ޕޭޖް (@allied.mv) ފޮލޯކުރުމަށްފަހު، "މިޝަން ޕީއެސް5" ގެ ކެމްޕޭން ޕޯސްޓަށް ލައިކްކޮށް އަދި ޕޯސްޓަށް ކޮމެންޓުކޮށް، 3 ރައްޓެހިން ޓެގް ކުރުމުން ބައިވެރިވެވޭނެ އެވެ.
އެލައިޑް އިންޝުއަރެންސް އިން ބުނީ އޮންލައިންކޮށް އެ ކުންފުންޏާ ގުޅިފައިވާ ވީހާވެސް ގިނަ ބަޔަކު މި ކެމްޕޭނުގައި ބައިވެރިވެ، ރައްޓެހިން ވެސް މި މިޝަންގައި ބައިވެރިކޮށް ޕީއެސް5 އެއް ގެއަށް ގެންދިއުމުގެ ފުރުސަތު އޮންނާނެ އެވެ.
އެލައިޑުން ބުނީ މީގެ އިތުރުން، އެލައިޑް އިންޝުއަރެންސް ޓެގްކުރުމަށްފަހު އަމިއްލަ އިންސްޓަގްރާމް ސްޓޯރީއަށް މި ޕޯސްޓް ޝެއާ ކުރުމުން، ގިވްއަވޭގައި ހޮވުމުގެ އިތުރު ފުރުސަތެއް (ބޯނަސް އެންޓްރީއެއް) ބައިވެރިންނަށް ވެސް ލިބިގެންދާނެ އެވެ. "މިޝަން ޕީއެސް5" ގެ ނަސީބުވެރިއެއް ހޮވުމަށް ހަމަޖެހިފައިވަނީ 16 ނޮވެމްބަރ 2026 ގައެވެ.